ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ސްޓާފްރޫމް ބޮޑުކުރުމާއި ސްޓާފްރޫމަށް ބޭނުންވާ ފަރުނީޗަރ ހޯދަން ބޭނުންވެއްޖެ އެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2019  ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:40 އަށް ސްކޫލަށް ޙާޛިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރީލް 2019  ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:40 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

          މިކަމަށް ހުށައަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލު ވުމަށް ޙާޛިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައި.ޑީ ކާޑް ގެންނަން ވާނެއެވެ.

             ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޛިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

          މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޛިރުވެ ވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.

           ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2019
ހޯދާ