ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު ( ހއ ހޯރަފުށީ ޞިއްހީމަރުކަޒު )

ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު
ހޯރަފުށި، ދިވެހިރާއްޖެ.

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރ : (IUL)A06-HC/2019/01

ތާރީޚް :   17 އޭޕްރީލް 2019

ހއ. ހޯރަފުށީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

  މަސައްކަތު

ބޭނުންވާ އަދަދު

01

ސަޕޯރޓް ސްޓާރފް ގްރޭޑް1

ރޭންކް: SS1

މަޤާމުގެ ނަންބަރ:

J-255544

 

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި / ސެކްޝަން

ހއ. ހޯރަފުށީ ޞިއްޙީމަރުކަޒު/ އެޑްމިނިސްޓްރޭޝަން ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން އެނގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދުކުރާ ލިޔުމަށް ބަލައިގެންނެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ކުނިކަހާ ސާފުކުރުން.
  2.  މަރުކަޒުގެ އޮފީސް ޢިމާރާތް ފޮޅާ ސާފުކޮށް މޮޕްލުމާއި، ބޮޑު ދޮރު ތަކާއި، ކުޑަދޮރުތައް ބިއްލޫރިތަކާއިއެކު ފޮހެ ސާފުކުރުން
  3. އޮފީސް ބައިގެ މޭޒުތަކާއި،ކަބަޑު ތަކާއި، ފަންކާތައް ފޮހެ ސާފުކުރުން.
  4. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބަގީޗާ ގަހާއި، އެހެނިހެން ގަސްއިންދާ ހައްދާ ގޯތިތެރެ ޒީނަތްތެރި ކުރުން. އަދި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  5. ޞިއްހީމަރުކަޒުން އުކާލަންޖެހޭ ކުނީގެ ބާވަތްތައް، އުކާލުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ދުވަހުން ދުވަހަށް އުކާލުން.
  6. މަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށާ ބެލެހެއްޓުމާއި ރުއްތައް ސާފުކުރުން.
  7. މަރުކަޒުގެ ފުރާޅާއި، ދިޔަދޮވިތައް ސާފުކޮށް ވާރޭ ފެންނެގުން.

 

  1. ކުނިކެހުމަށް ބޭނުންވާ ތަކެތި މަސައްކަތަށް ދަތިނުވާނޭ ގޮތަށް ކަމާއި ބެހޭ ފަރާތާއި ގުޅައިގެން ހޯދުން.
  2. މަރުކަޒުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ހޯލާއި، ގޯތިތެރެ ތައްޔާރުކުރުން.
  3. ލޯންޑްރީގައި މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީ ނަގައިފިނަމަ ލޯންޑްރީގައި ދޮންނަންޖެހޭ ތަކެތި ދޮވެ އިސްތިރިކުރުން.
  4. އޮފީސްބައިގެ ފާޚާނާއާއި، ޢައްމު ފާޚާނާ ކޮންމެދުވަހަކު ސާފުކުރުން.
  5. ކުނިއުކުމަށް ބޭނުންކުރާ ބަރޯފަދަތަކެތި ރަނގަޅަށް ބެލެހެއްޓުން.
  6. އެކިފަރާތް ތަކަށް ޙަވާލުކުރަން ޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި، އެހެނިހެން ޢިނާޔަތްތައް. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށްބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުވަކިފެންވަރެއްގައިއެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ )

ސުންގަޑި

28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއި ގުޅޭ ލިޔުންތައް ހއ ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 2019 ވަނަ އަހަރުގެ  މެއި މަހުގެތެރޭގައެވެ. އިންޓަރވިއު އޮންނާނީ ހއ. ހޯރަފުށީ ޞިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500064އެވެ.

17 އޭޕްރިލް 2019
ހޯދާ