މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީއަށް 2 ވެހިކަލް ސަޕްލައިކޮށް ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއަށް 2 ވެހިކަލް ސަޕްލައިކޮށް ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ދަންނަވާ މަޢުލޫމާތުގެ 2 ވެހިކަލް ސަޕްލައިކޮށްދީ ރަޖިސްޓްރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ގަންނަން ބޭނުންވާ ތަކެތި:

1

ވޭން ( މިނީ ވޭން)

ބާވަތް: ޕެސެންޖަރ ވޭން

ސީޓިންގ ކެޕޭސިޓީ: 8 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު

މައިލޭޖް: 5000km އިން ދަށް

އާދައިގެ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ.

އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން

1

ކާރު

ބާވަތް: ޕެޓްރޯލް ކާރު  

ސީޓިންގ ކެޕޭސިޓީ: 4 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެތް، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެ ކުލައެއްވެސް ރަގަނޅު

މައިލޭޖް: 5000km އިން ދަށް

އާދައިގެ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކޮންޑިޝަން ރަގަޅަށް މަސައްކަތްކުރާ އެއްޗަކަށް ވާންވާނެ.

އުފެއްދި ތާރީޙް: 2015 ވަނަ އަހަރުގެ ފަހުން

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. ވޮރަންޓީ ލެޓަރ
  5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  6. ތަޖުރިބާ ބަޔާންކުރާ ލިޔުން
  7. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  8. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

25%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (މުއްދަތު ބަލާނީ 2 ވެހިކަލްގެ ރަޖިސްޓްރޭޝަން މަސައްކަތްތަށް ނިންމައި މިނިސްޓްރީއާއި 2 ވެހިކަލް ހަވާލުކުރެވޭނެ މުއްދަތަށެވެ.)

3

ތަޖުރިބާ:

 15%

ތަޖުރިބާ ބަޔާންކުރާ ލިޔުންތަކަށް ބަލައި ( މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތު ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން އެއާ އެއްގޮތަށެވެ.)

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  3333117 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

 

              

  

16 އޭޕްރިލް 2019
ހޯދާ