ނަައިވާދޫ ޞިއްޙީ މަރުކަޒު، ހދ. ނައިވާދޫ
ދިވެހިރާއްޖެ
ޑްރައިވަރ

މި މަރުކަޒުގެ ޑްރައިވަރަކު ބޭނުންވެގެން ކުރި  ނަމްބަރ  (IUL)B05-HC/2019/01 އިޢުލާން ބާތިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ.

 

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަމްބަރ

J-268575

ބޭނުންވާ އަދަދު

1  (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް. 2

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގރ 2

މަޤާމް އޮތް އޮފީސް

ހދ. ނައިވާދޫ ސިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހދ. ނައިވާދޫ ޞިއްޙީ މަރުކަޒު

މުސާރަ

3470 ރުފިޔާ

ސަރވިސް އެލަވަންސް

1000ރުފިޔާ

 

 

 

އެހެނިހެން އެލެވެންސް:

1 . ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އިތުރު އިނާޔަތްތައް ލިބޭނެ.

2 . އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަންގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންދުއްވުން.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަންގެ ޤަވާޢިދާ ޚިލާފަށް ދުއްވުމުގެ ސަބަބުން ނުވަތަ ބަލަންވާ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން އެމްބިއުލާންސަށް ލިބޭ ގެއްލުންތަކަށް ޒިންމާވުން.
  • އެމްބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް ފަސްނުޖެހި ކުރުން.
  • އެމްބިއުލާންސްގެ މަރާމާތާއި އަދި އެއަށްބޭނުންވާ ތަކެތި ހޯދުމަށް ޤަވާޢިދުން އެދުމާއި ދުއްވުމުގެ ކުރިން ތެލާއިފެން އަދި އެހެނިހެން ގޮތްގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުން.
  • އެމްބިއުލާންސް ދޮވެސާފްކުރުމާ އެމްބިއުލާންސްގެ ގަރާޖްސާފްކޮށް  ބެލެހެއްޓުން.
  • ޙަވާލުކުރެވޭ އެމްބިއުލާންސްގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • މީގެ އިތުރުން ޞިއްޙީމަރުކަޒުގައި ކުރަންޖެހޭ އެކި އެކި ކަންތައްތަކުގައި އެވަގުތަކު އޮފީސް ހިންގަވަން ހުންނަވެރިއަކު އަންގާ ގޮތުގެ މަތީން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

 

  1. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ B1 ކެޓެގެރީގެ ލައިސެންސް ޙާސިލްކޮށްފައިވުން.

 

 

 

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  ނައިވާދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާ އެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއުލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެނސް ޗެކް ފޯރމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. 1.      ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން ބަލައިގެން.
  2. 2.      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
  3. 3.      ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 28 ގެ 12:00 ގެ ކުރިން، މި މަރުކަޒުގެ އޮފީހަށެވެ.އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް  ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ.

 

 

 

އިންޓަވިއު އޮންނަތަނާއި، މުއްދަތު:

މި މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އޭޕްރީލް މަހާއި މޭ މަހާއި ދެމެދު، ހދ. ނައިވާދޫ ސިއްޙީމަރުކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް  ލިބޭ10  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                  މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6520548 އަށެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.         

16 އޭޕްރިލް 2019
ހޯދާ