މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

   މިކޯޓުން ދޫކުރާ މައުލޫމާތު ޝީޓުގައިވާގޮތަށް ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މައިދޮރުގައި މިހާރު ހަރުކޮށްފައިވާ ސޭފްޓީ ގްރީލްގަނޑު އަލުން ހަރުކުރުމާއި، އެދޮރުގައި ހަރުކުރެވިފައިވާ އަތްގަނޑު ބަދަލުކުރުމާއި، ކޯޓަށް ވަންނަދޮރު ކައިރިން މުށި ނުޖަހާ ހުރި ތަނުގައި މުށިޖެހުމާއި، ޝަރީޢަތްކުރާބައިގައި ކާޕެޓްއެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

   ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 ށް މިކޯޓަށް ނުވަތަ ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ނުވަތަ ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

   މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

   މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2019
ހޯދާ