މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ގޮތުގައި ހިމެނޭ ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރުފް ކުރުން

ިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގަ ބޭނުންކުރުމުގެގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމް 3 ވަނަ ފަހަރަށް އާންމުކޮށް ހުޅުވާލީމެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ މިމިނިސްޓްރީގެ ފެޑް ސެންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަނުންނާއި މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިތަކެއްޗަށް އެދިހުށަހަޅުމުގެ ފުރުޞަތު ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމަޔަށް ހުޅުވިފައިވާ ކަމުގައި ދަންނަވަމެވެ.

16 އޭޕްރިލް 2019
ހޯދާ