ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ޑައިގްނޮސްޓިކްސް އެންޑް ފިޒިއޮތެރަޕީ / ފިޒިއޮތެރަޕީ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

 

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން
  2. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންގެ މަޢުލޫމާތު ހޯދާ ސިސްޓަމަށް އެންޓަރކޮށް، އެމީހުންނަށް ބޭނުންވާ ޚިދުމަތްތަކުގެ މެމޯ ހަދާދީ، ފައިސާ ލިބެންޖެހޭ މެމޯއަށް ޚިދުމަތްދިނުމުގެ ކުރިން އެމީހުންއަތުން ފައިސާ ހޯދާ، ކްރެޑިޓް ކުރަންޖެހޭ މެމޯތައް ކްރެޑިޓް އެކައުންޓަތަކަށް ކްރެޑިޓްކޮށް ކޮޕީ މެމޯގައި އެކަންލިޔެ، ފައިސާއާއި މެމޯތަކުގެ ކޮޕީތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން. 

2-      ލިބޭ ފައިސާއާއި މެމޯތައް އަދި ކްރެޑިޓް މެމޯތަކާއި ރިޕޯޓްތައް އެއް ޑިއުޓީން އަނެއް ޑިއުޓީއަށް ފޮތުގައި ލިޔެ ހަވާލުކުރުމާއެކު އެންމެ އަވަހަށް ދިމާވާ ރަސްމީ ގަޑީގައި ފައިސާއާއި ބެހޭ ބަޔަށް ހުރިހާ ތަކެއްޗެއް ހަވާލުކުރުން.

3-      ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ކަމޭހިތުމާއި އަޅާލުމާއި އޯގާތެރިކަމާއި ހިނިތުންވުމާއެކު މުޢާމަލާތުކޮށް ހޮސްޕިޓަލަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުން.

4-      ހޮސްޕިޓަލްގެ ސަރވިސް އޭރިއާ (ފިޒިއޮތެރަޕީ) ގައި ޚިދުމަތްތައް ފޯރުކޮށްދިނުން.

މުސާރައާއި އިނާޔަތް :

މުސާރަ:             4000.00 ރުފިޔާ

ސަރވިސް އެލަވަންސް:      1500.00 ރުފިޔާ

ރިސްކް އެލަވަންސް:        100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     60.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ޝިފްޓް އެލަވަންސް:         މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ 

ކުރިމަތިލުމުގެ ސުންގަޑި: 24 އެޕްރީލް 2019 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، hr@hmh.mv އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.ވަޒީފާއަށް އެދޭ ފޯމު.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 އޭޕްރިލް 2019
ހޯދާ