އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)426-AA/426/2019/22 އިއުލާނަށް އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައިނުވާތީ، މި ދެންނެވި  އިއުލާން ބާތިލްކޮށް އަލުން، ފުރުސަތު ހުޅުވާލަމެވެ  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 16 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 22 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އަދި އަވަށުއޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

މި މަސަތްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް 23 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައި އަދި ހުޅުދޫ އަވަށުއޮފީހުގައި އޮންނާނެއެވެ.ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 25 އެޕްރީލް 2019 ވާ ބުރާސްފައި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 17 އެޕްރީލް 2019 ވާ ބުދަ ދުވަހުން ފެށިގެން 24 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 24 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: procurement@adducity.gov.mv

ކޮޕީ :  project@adducity.gov.mv   

10 ޝައުބާން 1440

15 އޭޕްރިލް 2019
ހޯދާ