މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދުވަހު ނީލަމުގައި ތަކެތި ވިއްކާލުން

އިޢުލާން

 

 

މި އޮތޯރިޓީގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ މުޢައްސަސާއަކުން ބޭނުންވޭތޯ ބެލުމަށްފަހު އެއްވެސް އޮފީހަކުން ބޭނުންނުވާ ތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.

ވިއްކާލާ ތަކެތީގެ ތަފްސީލާއި ނީލަންފެށޭ އަގު މި އިއުލާނާއިއެކު އެޓޭޗްކޮށްފައިވާ ތާވަލުގައި ވާނެއެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަން އުސޫލުންނެވެ.

ނީލަންކިޔުން އޮންނާނީ 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި  ހުރަވީ ބިލްޑިންގ ގްރައުންޑް ފްލޯގައެވެ. 

ނީލަން ކިޔާ ދުވަސް

ނީލަން ފަށް ގަޑި

ނީލަން ކިޔުން އޮންނަ ތަން

25 އެޕްރީލް 2019

14:00

ހުރަވީ ބިލްޑިންގ ގްރައުންޑް ފްލޯ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 513-3339 އަށް ގުޅުއްވުން އެދެމެވެ.

 

10 ޝަޢުބާން 1440

 

 

15 އޭޕްރިލް 2019
ހޯދާ