ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން.

އިޢުލާން

މިއިދާރާގެ ނަމްބަރ: IUL)416-ESMED/416/2019/30) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢްލާން ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ގދ.މަޑަވެލީ ޖެޓީ ސަރަޙައްދުން "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން.

ގދ. މަޑަވެލީ ޖެޓީ ސަރަޙައްދުން، (ނަމިރާ އާއި ވެލިރެސް ގޯތީގެ އިރުމަތިން) "ފިހާރަ ހެދުމަށް / ޢާންމު ވިޔަފާރި ކުރުމަށް" 1000 (އެއްހާސް) އަކަފޫޓްގެ 06 (ހަޔެއް) ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރ ((IUL)416-ESMPL/416/2019/21، (IUL)416-ESMED/416/2019/28)، އިޢުލާންތައް މަޢުލޫމާތު ޝީޓަށް ގެންނަން ޖެހުނު ބަދަލަކާއި ގުޅިގެން ބާޠިލްކޮށް، އެ ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.

މިބިންތަކާއި ބެހޭގޮތުން މަޑަވެލި ކައުންސިލުން ތައްޔާރު ކޮށްފައިވާ ބިޑްފޯމުސެޓް (މަޢުލޫމާތު ކަރުދާހާއި ބިމުގެ ކުރެހުން އަދި ބިޑްހުށަހަޅާ ފޯމު) 28 އެޕްރީލް 2019 ވަނަ ދުވަހުން ފެށިގެން 30 އެޕްރީލް 2019 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ބިޑް ފޯމް ސެޓެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ބީލަން ހުށަހަޅަންވާނީ ފައިސާދެއްކި ކަމަށް މިކައުންސިލުން ތައްގަޑު ޖަހާފައި ދޫކުރާ ބިޑް ފޯމު ގައެވެ. އެނޫންގޮތަކަށް ހުށަހަޅާ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

10:00

ބުރާސްފަތި

02 މެއި 2019

ބީލަން ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ވަގުތަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 އޭޕްރިލް 2019
ހޯދާ