މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓާ މުވައްޒަފުން ހޯދުން

މަޤާމް

ކުނިކޮށި ބަލަހައްޓާ މީހާ

މަޤާމުގެ ނަންބަރު

MC3

ބޭނުންވާ އަދަދު

3 (ތިނެއް)

މަޤާމުގެ ގިންތި

ވަގުތީ ( 6 މަސްދުވަސް )

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކުނިކޮށި

މުސާރަ

1000.00 ރުފިޔާ

ސަރވިސް އެލެވަންސް

500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

ރޯދަމަހު ރޯދަ އިނާޔަތުގެ ގޮތުގައި 3000.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ފަތްކުނި، ނެޕީ، ގަސްކުނި އެންދުން.

2- ކުނިކޮށީގައި ހުރި މެޝިނަރީޒް އާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.

3- ބިއްލޫރިކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން

4- ޕްލާސްޓިކްކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން ނުވަތަ ޖަމްބޯ ބޭގަށް އެޅުން.

5- ދަނގަޑުކުނި ވަކިކޮށް ކުނިކޮށީގެ ވަކި ސަރަޙައްދަކަށް ޖަމާކުރުން ނުވަތަ ޖަމްބޯ ބޭގަށް އެޅުން.

6- ބަދިގެ ކުނި އެޅުމަށް ޚާއްޞަކޮށް ބަހައްޓާފައިވާ ޑަސްބިންތައް ބެލެހެއްޓުން.

މަގާމުގެ ޝަރުތުތައް: 

1- އެއްވެސް ބާވަތެއްގެ އެލާޖިކެއް ހުންނަ މީހެއްކަމުގައި ނުވުން.

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. މީގެ ކުރިން ކުނި ނައްތާލުމުގެ މަސައްކަތެއްކޮށްފައިވާނަމަ އެކަން އަންގައިދޭ ލިޔުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާނީ އެކަމަށް އެކި ކައުންސިލަށް އެޑްރެސްކުރާ ސިޓީއަކުންނެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 އޭޕްރިލް 2019 އާއި 25 އޭޕްރިލް 2019 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތު ހަމަވާފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 އޭޕްރިލް 2019
ހޯދާ