ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

 

 

ނަންބަރު: FNK/A/IUL/2019/325

 

ވަޒީފާގެ ފުރުޞަތު

 

މިކުންފުނީގެ ނ.ޅޮހި ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ޑެޕިއުޓީ މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ނ.ޅޮހި ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4900ރ.

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

 (ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:


 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނ.ޅޮހި ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ  08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ އިންޓަވިއުއާއި ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

 

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލް އަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، 

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ، 

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ 

އީމެއިލް އެޑްރެސް: [email protected] 

ގުޅޭނެ ނަންބަރު: 3007555 

ފެކްސް ނަންބަރު: 3327555 

10 ޝައުބާން 1440 

15 އޭޕްރިލް 2019

 

 

 

15 އޭޕްރިލް 2019
ހޯދާ