ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

`

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2019/08

 

ތާރީޚް: 15 އޭޕްރީލް 2019

 

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝާން އެންޑް އެޗް.އާރު ޔުނިޓް

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 4,465/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  • ކޯޓުގެ ސްޓޮކަށް ބޭނުންވާ ތަކެތި ސްޓޮކަށް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް މާލިއްޔާތު ޤަވާއިދާ އެއްގޮތަށް ކުރުން.
  • ކޯޓުގެ ސްޓޮކަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު، ތަކެއްޗާއި ޚިދުމަތަށް އެދޭ ފޯމުގައި ލިޔެ ވެރިޔަކު ހުއްދަދިނުމުން އެތަކެތި ހޯދުމަށްޓަކައި ޤަވާޢިދުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • މަސައްކަތް ޙަވާލުކުރުމަށް އެގްރިމެންޓް ހެދުމާއި އެގްރިމެންޓްތައް ލިޔެ ބެލެހެއްޓުމާއި އެގްރިމެންޓާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  • ކޯޓުން ހޯދަންޖެހޭ ތަކެތި ހޯދުމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން (ތަކެތީގެ އަގު ބެލުމާއި، ކޯޓޭޝަން ހޯދުމާއި އިއުލާނުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކުގައި އިއުލާނުލިޔެ ފޮނުވުމާއި އެސްޓިމޭޓްތައް ބަލައިގަތުމާއި އެސްޓިމޭޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް ލިޔެ ތައްޔާރުކުރުން).
  • ކޯޓުގެ ޢިމާރާތް މަރާމާތްކުރުމާއި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޝަން ހެޑްގެ މަޝްވަރާގެ މަތިން ކުރަމުން ގެންދިއުން.
  • 2,000.00 (ދެހާސް) ރުފިޔާއަށްވުރެ ބޮޑެތި ޢަދަދުތަކުގެ ތަކެތި ހޯދުމަށް ފައިސާއާބެހޭ ކޮމިޓީއަށް ހުށަހެޅާ ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ތަކެތި ހޯދުން.
  • ޚަރަދު ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ބައްދަލުވުމުގައި ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތިން އެޅުމާއި ބައްދަލުވުމުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުން.
  • ކޯޓުން އެކިފަރާތްތަކާ ކުރާ އެގްރިމެންޓްތައް ތައްޔާރު ކުރުމާއި އެގްރިމެންޓްތަކުގައި ސޮއިކުރުވާ އެގްރިމެންޓްތަކުގައިވާ ގޮތާއެއްގޮތަށް މަސައްކަތްތައް ކުރުވާ ބެލެހެއްޓުން.
  • ކޯޓުން ޙަވާލުކުރާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި ، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި މޮނީޓަރ ކުރުމާއި އެކަންކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  • މަސައްކަތް ކުރުމަށް ހޯދޭ އެސްޓިމޭޓް ތަކާއި ލިޔުންތައް ރައްކާތެރިކަމާއެކު ލިޔެ ބެލެހެއްޓުމާއި މަސައްކަތްނިމި ބިލް އައުމުން އެބިލުގެ އަނެއްފުށުގައި އެމަސައްކަތް ރަގަޅަށް ކޮށްނިމިފައިވާނަމަ އެކަން ނޯޓްކޮށް އެއާ އެޓޭޗް ކުރަންޖެހޭ ލިޔުންތައް އެޓޭޗްކޮށް ބަޖެޓް ޔުނިޓަށް ފޮނުވުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  jobvacancy@drugcourt.gov.mv

 

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

15 އޭޕްރިލް 2019
ހޯދާ