ދިވެހިރާއްޖެ
ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ކުރެހުމުގެ ދުވަސް ފާހަގަ ކުރުން
ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ކުރެހުމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން 2019 އޭޕްރިލް 20 ވާ ހޮނިހިރު ދުވަހުގައި ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރާއި ތަފާތު އެކި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ އިތުރުން "ފުޑް ސްޓޯލް" ތަކެއް ބެހެއްޓުމަށް ޤަސްދުކޮށް، މި ފުޑް ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދިވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ހޮވޭ ފަރާތްތަކުން ހިންގާ މި ފުޑް ސްޓޯލްތަކުގައި މައިގަނޑު ގޮތެއްގައި ވިއްކަން ހުންނަންޖެހޭނީ ދިވެހި ކާނާގެ ބާވަތްތަކެވެ.
ވީމާ، މިކަމަށް ޝައުގެވެރިވާ ފަރާތަތަކުގެ ޕްރޮފައިލް އަދި ވިއްކާ ތަކެތީގެ މެނޫ އާއި އަގުތައް، 18 އޭޕްރިލް 2019 ގެ 14:00 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340125 / 3340218 ފޯނަށް ގުޅުއްވުން އެދެމެވެ.