މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާނެ ރާއްޖެއިން ބޭރުގެ ޙާފިޡުންނާއި ދިވެހި ޙާފިޡުން ހޯދުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

1440 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް  ތަރާވީޙް  ނަމާދު  ކުރުމަށް ރާއްޖެއިން  ބޭރުގެ ޙާފިޡުން ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު (IUL)142-B1/1/2019/12  (11 ފެބްރުއަރީ 2019) އިޢުލާން  އާއި  އަދި  ޙިފްޡުކޮށް  ތަރާވީޙް  ނަމާދު ކުރުމަށް ދިވެހި ޙާފިޡުން ހޯދުމަށް  ކުރި ނަންބަރު (IUL)142-B1/1/2019/11 (11 އެޕްރީލް 2019) އިޢުލާނާ ޙަވާލާދީ ދަންނަވެމެވެ.

1440 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރައްވާނެ ދިވެހި ޙާފިޡުންނާއި  ރާއްޖެއިން  ބޭރުގެ ޙާފިޡުން ހޯދުމަށް މި މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގެ މުއްދަތު 2019 އެޕްރީލް 25 ވަނަ ދުވަހުގެ 14.00 އަށް އިތުރު ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް 2019އެޕްރީލް 25ވަނަދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ އެރަށެއްގައި ހުންނަ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރައްވާނެ ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

09 ޝަޢުބާން 1440

14 އޭޕްރިލް 2019
ހޯދާ