މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2019/31 ( 01އެޕްރިލް 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 15 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 08:00 އިން ފެށިގެން 23 އެޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 24 އެޕްރިލް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އެޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

14 އޭޕްރިލް 2019
ހޯދާ