ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ސައުންޑް މޮނީޓަރ ހޯދުން

އަންދާސީހިސާބު ހޯދުން

 

 

ސައުންޑް މޮނީޓަރ ހޯދުން

 

        ހައިކޯޓުގެ ނަންބަރު (IUL)95-PM/1/2019/15 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ 3 ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ދެވެނަ ފަހަރަށް އިޢުލާން ކުރަމެވެ.

        ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/17_bid_info._sheet_-_sound_monitor.pdf

އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  

09 ޝައުބާން  1440

14 އޭޕްރީލް  2019  

14 އޭޕްރިލް 2019
ހޯދާ