މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޓްރެޜަރީ މެނޭޖްމަންޓް އެނަލިސްޓް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/120 ނަންބަރު:      

މަޤާމް

ޓްރެޜަރީ މެނޭޖްމަންޓް އެނަލިސްޓް   

މަޤާމުގެ ނަންބަރު


J-
305772

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

އެސެޓް އެންޑް ޓްރެޜަރީ މެނޭޖްމަންޓް ސެކްޝަން/ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާރޓްމަންޓް   

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ އޮފީސްތަކުން ހަރުމުދާ ގަތުމަށް ބޭނުންވާ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ އެސެޓް ރަޖިސްޓްރީ ނަމްބަރު ރިކުއަސްޓްތައް ސިސްޓަމްގައި މެއިންޓެއިން ކުރުމާއި އޮފީސްތަކަށް އެންގުން
  1. ދައުލަތުގެ ފައިނޭންޝަލް އެސެޓްތަކުގެ ރަޖިސްޓްރީ މެއިންޓެއިން ކޮށް ބެލެހެއްޓުން
  1. ދައުލަތުން ނައްތާލާ ހަރުމުދާ ރަޖިސްޓްރީއިން އުނިކުރުމުގައި އޮފީސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  1. އަހަރު ނިމުމުން ސިސްޓަމުގައި ހުރި ފިކްސްޑް އެސެޓްތައް އޮފީސްތަކާއި ގުޅިގެން ވެރިފައި ކުރުމާއި ހަލާކުވުމާއި ބާވުމުގެ ސަބަބުން ބޭނުން ނުކުރެވި ނައްތާލަން ޖެހޭ އެސެޓް ތަކެއްވާނަމަ އެ އެސެޓްތައް ނައްތާލުމުން ރަޖިސްޓްރީއިން އުނިކުރުން
  1. ދައުލަތުގެ ބިންބިމާއި އިމާރަތްތަކުގެ ރެޖިސްޓްރީގައި ހިމެނޭ އެސެޓްތަކުގެ އަގަށް އަހަރުން އަހަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  1. ޕަބްލިކް އެކައުންޓްސް ސިސްޓަމުގެ ތެރެއިން ދައުލަތައް ގަންނަ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން
  1. ދައުލަތުގެ ޓްރެޜަރީ އިން ދޫކޮށްފައިވާ ލޯނުތަކާއި ދައުލަތުން އެކި ކަންކަމަށް ދޫކުރާ ލޯނުތަކުގެ ރަޖިސްޓބެލެހެއްޓުމާއި ލޯނުގެ ހިސާބުތައް ބަލެހެއްޓުން
  1. ދައުލަތުން ލޯނު ދުކޮށްފައިވާ ފަރާތްތަކާއި ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަރުކާރުން ދޭ ލޯނުތަކާއި އޮންލެންޑިންގ ގޮތުގައި ދޫކުރެވޭ ލޯނުތަކުގެ ރަޖިސްޓްރީ ތަފްޥޞީލު ތަކާއިއެކު ބެލެހެއްޓުމާއި ދުވަހުން ދުވަހުން ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  1. ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފަރާތްތަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަރާތްތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުން
  2. ލޯނުތަކުގެ މައުލޫމާތު ހިމަނައިގެން ޤަވާއިދުން ތައްޔާރު ކުރަންޖެހޭ ސްޓޭޓްމަންޓްސްތައް ތައްޔާރުކުރުން
  1. ދައުލަތުން ދަރަނި ދޫކޮށްފައި ފަރާތްތަކާއި ގުޅޭގޮތުން މުއައްސަސާތަކާއި ބަދަލު ކުރަންޖެހޭ މައުލާމުތު ބަދަލުކުރުން
  1. ތިންވަނަ ފަރާތަކުން އެހެން ފަރާތެއްގެ ދަރަނި ސާފުކުރުމަށް ހުށަހަޅާ ލެޔެކިޔުންތަކަށް ޖަވާބުދިނުން

ދައުލަތައް ލިބޭ އާމްދަނީ އޮފީސްތައް މެދުވެރިކޮށް ހޯދުމުގައި އޮފީސްތަކާއި ގުޅިގެން މަސައްކަތް ކުރުމުއި އޮފީސްތަކުގެ މުވައްޒިފުންނަށް ދޭންޖެހޭ ތަމްރީނު ތައް ދިނުން

  1. ދައުލަތަށް ގަންނަ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން
  1. ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އެހެނިހެން  މަސައްކަތްތަކުގައި ބައިވެރިވުމާއި މިގޮތައް ކުރިން ދުރާލައި ދެނެގަންނަން އުދަގޫ މަސައްކަތްތަށް ކުރިއަށް ގެންދިއުމުގައި އިސްވެރިންނާއި މުވައްޒަފުންނާއެކު މަސައްކަތް ކުރުން
  1. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް

  1. އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 އޭޕްރީލް 2019 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  25 އޭޕްރީލް 2019 އާއި 14 މޭ 2019  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349169/3349335/3349297 ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

14 އޭޕްރިލް 2019
ހޯދާ