މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-221051

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް ޔުނިޓު (ޔުނިޓް ބީ)

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލް އިދާރާ އާއި ކައުންސިލުން ބަލަހައްޓާ މުވައްޒަފުންގެ ޙާޟިރީ އާއި، އިތުރު ގަޑީގެ ޙާޟިރީ އާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ގަޑިޖެހޭ މުވައްޒަފުންގެ ގަޑީލާރި ކެނޑުން.

2. މުވައްޒަފުންގެ މުސާރަ ޝީޓު ތައްޔާރުކުރުމާއި ވައުޗަރ ތައްޔާރު ކުރުމާއި، އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުމާއި، މުސާރަ ފައިސާ ޖަމާކުރުމާއި، ދޫކުރުމާއި، ފައިސާއާއިބެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރުކޮށް ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

3. ކުރިޔަށް އޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓު ކައުންސިލްގެ މަޝްވަރާއާއި، ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމާއި، ކައުންސިލުގެ ބަޖެޓު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

4. ކުރިޔަށް އޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓު ހިނގާ އަހަރުގެ ޖުލައިމަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުކުރުމާއި، ބަޖެޓު ފާސްކުރުމުން ޖުލައި 31 ވަނަ ދުވަހުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ބަޖެޓު ފޮނުވުވުމާއި، ހިނގާ އަހަރުގެ ބަޖެޓު ލިބުމުން ޖަނަވަރީ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ބަޖެޓު ފާސްކުރުމަށް ހުށަހެޅުމާއި ކައުންސިލުން ބަޖެޓު ފާސްކުރުމުން ޖަނަވަރީ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ބަޖެޓު ފޮނުވުން.

5. ކައުންސިލަށް ކަނޑައެޅޭ ބަޖެޓު ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދުކޮށް ބެލެހެއްޓުމާއި، ފައިސާ ހޯދުމަށް ފޮނުވަންޖެހޭ ޕޭމަންޓް ވައުޗަރތަކާއި އެކިއެކި ފަރާތަކަށް ކައުންސިލުން ފޮނުވަންޖެހޭ ބިލުތައް ފޮވުމާއި ކައުންސިލަށް ލިބޭ ފައިސާއާއި ހަވާލުވުމާއި، ނުލިބި ހުންނަ ފައިސާގެ ރެކޯޑުތައް ބެލެހެއްޓުމާއި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަމުން ގެންދިއުން

6. ކައުންސިލުން ބަލައިގަތުމަށް ހަމަޖައްސާ ފައިސާއާއި، ފީއާއި، ޖޫރިމަނާ ފައިސާ އަދި ޓެކްސް ފައިސާ ބަލައިގަތުމާއި ، މުދަލު ޒަކާތު ފައިސާ އާއި ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމާއި، އެކަންކަމާއިބެހޭ ހިސާބުތައް ހަދާ ބެލެހެއްޓުމާއި ފައިލްތައް ބެލެހެއްޓުން.

7. ކައުންސިލާއި ރައްޔިތުންގެ މާލިއްޔަތު ހިސާބުތައް ބެލެހެއްޓުމާއި، ކައުންސިލުގެ ލަފާގެ މަތިން ކައުންސިލުގެ މާލިއްޔަތު ދިރުވާ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

8. ކައުންސިލް އިދާރާއަށް ގަންނަންޖެހޭ ތަކެތި ގަތުމަށާއި، ހޯދަންޖެހޭ ޚިދުމަތުގެ އަގު ބެލުމާއި، އަގު ބެލި ފޯމު ހެދުމާއި، ހޯދަންޖެހޭ ހުއްދަ ހޯދުމާއި، ކައުންސިލަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި، އިޢުލާނުކޮށްގެ ހޯދަންޖެހޭ ޚިދުމަތާއި ތަކެތި ހޯދުމަށް އިޢުލާން ތައްޔާރުކުރުމާއި، މުދަލާއި ޚިދުމަތް ހޯދުމަށް ދައުލަތުގެ މާލިއްޔަތު ޤަނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

9. ކައުންސިލް އިދާރާގެ އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކަމާބެހޭ ފޮތްތަކުގައި ލިޔެ ހަދަންޖެހޭ ރިފޯޓުތައް ދުވަހުން ދުވަހަށް ހަދާ ބެލެހެއްޓުން

10. އެކިއެކި މަސައްކަތްތަކުގެ ފައިސާއާއިބެހޭ ބިލްތަކުގެ ސްކޭން ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކައުންސިލް އިދާރާއިން ފައިސާ ނުލިބޭ ކަމަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސްޓޭޓްމަންޓްތައް ބަލައި އޭގައިވާ ބިލްތަކުގެ ހާލަތު ފައިސާއާއިބެހޭ ބައިގެ ވެރިޔާއަށް ރިޕޯޓް ކުރުމަށްފަހު، ވެރިޔާގެ މަޝްވަރާގެ މަތިން އެ ފައިސާ ލިބެންޖެހޭ ފަރާތަށް އެސްޓޭޓްމަންޓްގެ ތަފްސީލް ލިޔުމުން ފޮނުވުމާއި، ފޮނުވޭ ލިޔުމުގެ ކޮޕީތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާއިން ހޯދާފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ބިލް ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބިލް ހޯދުން.

11. ކޮންމެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އެ ދުވަހަކު ލިބިފައިވާ ފައިސާ ދުވަހު ފޮތަށް ނަގައި ތިޖޫރީ ފޮތުގައި ލިޔެ ތިޖޫރީގައި ފައިސާ ރައްކާ ކުރުމާއި، އެކިއެކި ފަރާތްތަކާއި ހަވާލު ކުރުމަށް ގެނެވޭ ފައިސާ ދުވަހުން ދުވަހަށް ހަވާލު ކުރުމުގެ މަސައްކަތް ކުރުން.

12. ކައުންސިލްގެ އިދާރާގެ ތިޖޫރީ ފޮތާއި ހަފުތާ ރިޕޯޓުތައް ހަދާ ސޮއިކުރުވަންޖެހޭ ފަރާތްތައް ލައްވާ ސޮއިކޮށް ކޮންމެ ހަފުތާއެއްގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިޖޫރީ ހަފުތާ ރިޕޯޓުތައް ފޮނުވުމާއި، ކޮންމެ ހަފުތާއެއްގެ ރަސްމީ އެންމެ ފަހު މަސައްކަތު ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ތިޖޫރީ ފައިސާ ގުނާ ރިޕޯޓު ހަދާ ސޮއި ކުރުވުން.

13. އޮފީހަށް ލިބޭ ފައިސާ ބަލައިގަތުމާއި، ޤަވާއިދުން ދުވަހުން ދުވަހަށް ފައިސާއާއި ބެހޭ ފޮތްތަކުގައި ލިޔެ ބެލެހެއްޓުމާއި، ކައުންސިލުން ބަލަހައްޓަން ޖެހޭ ފައިސާއާއި ސަރުކާރާއި އެކިއެކި ފަރާތްތަކުން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފައިސާއާއި، ފައިސާއާއި ގުޅޭ އެންމެހާ ހިސާބުތައް ހަދާއި ބެލެހެއްޓުން.

14. ކައުންސިލް އިދާރާގެ ތިޖޫރީގައި ފައިސާ ރައްކާކޮށް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ތިޖޫރީގައި ފައިސާ ބެލެހެއްޓުމާއި ތިޖޫރީގައި ބެހެއްޓޭ ފައިސާ ލަސްނުކޮށް ކަމާގުޅޭ އެކައުންޓުތަކަށް ޖަމާކުރުމަށް ބޭންކަށް ފޮނުވުން.

15. މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން އޮފިސަރުގެ ޙައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

16. ބިޑުތަކުގެ މަސައްކަތްތައް ކުރުމާއި ބިޑް އިވެލުއޭޝަން ކޮމިޓީއާއި ކައުންސިލުން ހަވާލުކުރާ މިނޫން ކޮމިޓީތަކުގައި މަސައްކަތް ކުރުން.

17. ޢުމުރުން 65 އަހަރު ފުރޭ މީހުންގެ އަސާސީ ޕެންޝަނުގައި ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަސާސީ ޕެންޝަނާ، އެހީގެ ފައިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް ކަމާގުޅޭ ރިކޯޑުތައް ބެލެހެއްޓުން

18. ޔުނިޓުގެ ފަރާތުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓު، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ލިޔެކިޔުމާއި ތަކެތި ފޮނުވުމާއި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ޖަވާބު ދޭންޖެހޭ ސިޓީ މެސެޖް ތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި، ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި، ޔުނިޓަށް ހުށަހެޅޭ މައްސަލަތަކަށް ކައުންސިލާއި ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ޖަވާބު ދޭންޖެހޭ ސިޓީ މެސެޖް ނޯޓު ފޯމު ފަދަތަކެތި ދުވަހުން ދުވަހަށް ތައްޔާރުކޮށް ފޮނުވުން.

19. ޔުނިޓުގެ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި ހަވާލުކުރެވޭ އެ މުވައްޒަފެއްގެ މަސައްކަތް ކުރުމާއި، އިދާރާގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުން މަސައްކަތައް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

20. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއިގުޅޭ ލިޔެކިޔުން ޤަވާއިދުން ފައިލުކޮށް ތަރުތީބުން ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ސޮއިކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި ވޭތުވެދިޔަ މަހުގެ ރިޕޯޓުތައް ހިނގާ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހަދާ ސޮއިކުރުވުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

21. ކައުންސިލްގެ ފަރާތުން ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އެ މަސައްކަތެއް ނިންމުމަށް ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތްތައް ނިންމުން.

22. މަސައްކަތުގެ މާޙައުލުގައި އެއްމުވައްޒަފަކު އަނެއް މުވައްޒަފަކަށް މަސައްކަތުގައި އެހީތެރިވެދީ އެއްބާރުލުން ދިނުމާއި، އިދާރާއިން ހިންގަމުންގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

23. ކައުންސިލް އިދާރާއިން ބާއްވާ ސެމިނާރ ވޯކްސޮޕްތަކާއި، ފަންކްޝަން، އިވެންޓްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

24. ކައުންސިލްގެ އިދާރާގެ ކައުންޓަރ ބަލަހައްޓަންޖެހޭ ހާލަތުގައި ކައުންޓަރު ބެލެހެއްޓުން.

25. އެކިއެކި އިންތިޚާބުތަކާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

26. އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އޮފީސް ޑިއުޓީ އަދާކުރުމަށް ޖެހިއްޖެ ހާލަތެއްގައި އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވާ ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން)

27. ޙަވާލު ކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް މަސައްކަތު ގަޑި ނިމުމުގެ ކުރިން ޒިންމާދާރު ވެރިޔާއަށް ރިޕޯޓުކޮށް އަޕްޑޭޓްތައް ދިނުން.

28. އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގޭ ހަރަކާތްތަކާއި ބޭއްވޭ ޙަފުލާތަކާއި ފާހަގަ ކުރެވޭ މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުމާއި، މަސައްކަތުގެ ދާއިރާއިން ސްޕަވައިޒަރު ނުވަތަ ޒިންމާދާރުވެރިޔާ އަންގަވާ ކަންކަމުގައި ދުވަހުން ދުވަހަށް ފުރިހަމައަށް  އެއްބާރުލުންދީ، ކައުންސިލްގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަސައްކަތް ކުރުން.

29. ސެކްޝަން/ ޔުނިޓުންކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެ ހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލު' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް މާކްސް ދެވޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

 

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

 ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

މަޤާމުގެ މަސައްކަތު ދާއިރާތައް: މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް،
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން،
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް،
  5. އިންފޮމޭޝަން ޓެކްނޮލޮޖީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 އޭޕްރީލް 2019 އާއި 07 މެއި 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

                09 ޝަޢްބާން 1440

14 އޭޕްރިލް 2019
ހޯދާ