މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައިސީޓީ ޓެކްނީޝަން

 

އިޢުލާނު

 

 

ވަޒީފާގެ ފުރުޞަތު

 

(IUL) 13-HR/13/2019/119 ނަންބަރު:

ތާރީޚް: 11 އޭޕްރިލް  2019

 

މަޤާމް:

އައިސީޓީ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-305771

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު ހަމަވާ ތާރީޚް:

24 ފެބުރުވަރީ 2021

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް / އައި.ސީ.ޓީ ސެކްޝަން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް /  ކ. މާލެ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ ސަޕޯޓިންގ ކޯ އެލަވަންސްގެ 700/-  ރުފިޔާ ކޮންމެ މަހަކު ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1. އޮފީހުގެ ކޮމްޕިއުޓިންގ ވަޞީލަތްތަކަށް ވައިރަސް މައްސަލައެއް ނުވަތަ ސެކިއުރިޓީ އެއްވެސް ކަމެއް ދިމާވެއްޖެކަން އެނގުމުން އެކަމެއް ހައްލު ކުރުން
  2. 2. އޮފީހުގެ ކޮމްޕިއުޓިންގ ވަޞީލަތްތަކާބެހޭ މައުލޫމާތުތައް އޮކިއުމަންޓްކޮށް ބެލެހެއްޓުން
  3. އޮފީހުގެ ހުރިހާ ކޮމްޕިއުޓިންގ ވަޞީލަތެއް ބެލެހެއްޓުމާއި އެއްވެސް ސެޓިންގ އަކަށް ބަދަލުގެންނަންޖެހޭނަމަ އެ ބަދަލުތައް ގެނައުން
  4. އޮފީހުގެ ވިއުގައިގެ ސެކުއުރިޓީ ކަންތައްތައް ރައްކާތެރިކަންމަތީ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސިސްޓަމްތައް މޮނިޓަރކޮށް ބެލެހެއްޓުން
  5. އޮފީހާއި އޮފީހާ ގުޅާއިފައިވާ ވިއުގައާއި، އެއާ ގުޅާފައިވާ އެންމެހާ ވަޞީލަތްތައް ރައްކާތެރިކަންމަތީ ބެލެހެއްޓުން
  6. މިނިސްޓްރީގެ ނެޓްވާކް ސްވިޗް އަދި އެކްޓިވް ޑައިރެކްޓަރީ ސާވާއަށް ދިމާވާ ހުރިހާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން
  7. މިނިސްޓްރީގައި ބޭނުންކުރެވޭ އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ ހައްލުކުރުން
  8. އެޕްލިކޭޝަން ތަކާއި ގުޅޭ ޑޭޓާބޭސްގެ ބެކަޕް ތާވަލެއް ހަދައި އެތާވަލާއި އެއްގޮތަށް ބެކަޕް ނެގުމުގެ އިންތިޒާމު ހަމަޖައްސައި އެކަންތައް ބެލެހެއްޓުން
  9. 9. މިނިސްޓްރީގެ އިސް މުވައްޒަފުންނާއެކު މަސައްކަތްކޮށް ނިޒާމްތަކުގެ ރައްކާތެރިކަމާއި، ބެކަޕް ޕްލޭނާއި ބެކަޕް ހަދާނެ އުޞޫލާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ރޭވުންތަކާބެހޭ ސިޔާސަތުތައް އެކަށައެޅުން
  10. ޕަބްލިކް އެކައުންޓިންގ ސިސްޓަމް ބޭނުންކުރާ ހުރިހާ އޮފީހަކުން މި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް މިނިޒާމަށް ވަދެވޭނެގޮތް ލިޔެ ޢާއްމު އެކައުންޓް ހަދާ ބެލެހެއްޓުމުގައި އެހީތެރިވުން
  11.  މިނިސްޓްރީގެ ނެޓްވާރކް އަދި ހާޑްވެއަރތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން
  12. ނެޓްވަރކްގެ ރައްކާތެރިކަމާއި ގުޅޭ ތަމްރީނު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް އިންތިޒާމުކުރުމާއި ހިންގުން.
  13. ނެޓްވަރކް ޑިވައިސްތަކުގެ މުހިއްމު ލޮގްފައިލްތައް (ހާއްސަގޮތެއްގައި ސެކިއުރިޓީ، ޔޫސޭޖް، އޮޑިޓް ޓްރެއިލް) މޮނިޓަރކޮށް ބެލެހެއްޓުން
  14. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8.    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޭޕްރީލް 2019 ވާ (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،    25 އޭޕްރިލް 2019 އާއި 09 މޭ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349169/3349335/3349297 ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

11 އޭޕްރިލް 2019
ހޯދާ