މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް (ރ.އަލިފުށި ސްކޫލް، ވ.އަތޮޅު ތަޢުލީމީ މަރުކަޒު، ތ.ގުރައިދޫ ސްކޫލް، ރ.އުނގޫފާރު ސްކޫލް، ޅ.ކުރެންދޫ ސްކޫލް، ވ.ކެޔޮދޫ ސްކޫލް)

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕްރޮޖެކްޓް ނަންބަރު

 

     ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން)

އެން.ސީ.އާރް ގްރޭޑް އަދި ޝަރުޠު ހަމަވާންޖެހޭ ގިންތި

TES/2019/W-056

ރ.އަލިފުށި ސްކޫލް މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-057

ވ.އަތޮޅު ތަޢުލީމީ މަރުކަޒު މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-058

ތ.ގުރައިދޫ ސްކޫލް މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-059

ރ.އުނގޫފާރު ސްކޫލް މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-060

ޅ.ކުރެންދޫ ސްކޫލް މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-061

ވ.ކެޔޮދޫ ސްކޫލް މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް

ރ50,000.00

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

2. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް500/- (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 7 އެޕްރީލް 2019 އިން 5 މެއި 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

4. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  7 އެޕްރީލް 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ  އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. 30 މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި، މި ބީލަމުގައި ބައިވެރިވެވޭނީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ކޮންޓްރެކްޓަރުންނަށެވެ.

7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 އެޕްރީލް  2019ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 9 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ނެޝަނަލް ޓެންޑަރ،

     މިނިސްޓްރީ އޮފް ފިނޭންސް،

     އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

     ފޯން: 3349106 ، 3349102

     އީމެއިލް: [email protected]  

     ކޮޕީ: [email protected]

10. މިޕްރޮޖެކްޓްތަކާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

03 އޭޕްރިލް 2019
ހޯދާ