މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް / ވަގުތީ

ވޭޖް އެމްޕްލޯއިމަންޓް މުއްދަތު:

މީލާދީ 3 މަސް ދުވަސް

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް، މާލެ

މުސާރަ:

ދުވާލަކު -/400 ރުފިޔާ.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވަގުތު:

ހަފްތާއަކު 5 ދުވަހު 8 ގަޑިއިރު

(މިމަގާމުގައި ރަސްމީގަޑީގައި މަސައްކަތް ކުރަން ޖެހޭނީ 6 ގަޑި އިރުއެވެ. އަދި ބާކީ 2 ގަޑި އިރަކީ މިނިސްޓްރީއިން ބޭނުންވެގެން ރަސްމީ ގަޑީގެ ފަހުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް މުވައްޒަފު އޮންކޯލުގައި ހުންނާނެ ވަގުތެވެ.)

އެހެނިހެން އެލަވަންސް:

  1. މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއްގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެމަތީން އެދުވަހަކަށް އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް ބޭނުމަށް ކުރާ އެކިއެކި ދަތުރުތައް އޮފީހުން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  2. މިމިނިސްޓްރީން ހަވާލުކޮސްފައިވާ އެއްވެސް ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެއުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސްމުވައްޒަފަކާ ގުޅިގެން ކުރުން.
  3. ހަވާލުކުރެވިފައިވާ ވެހިކަލް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. ހަވާލުކޮށްފައިވާ ވެހިކަލްގެ މެއިންޓަނަންސް ބެލެހެއްޓުން.
  5. އޮފީހުގެ ދަތުރު ކަނޑައެޅިފައިވާ އޮންނަ ގަޑިއަކަށް ފަރުވާތެރިކަމާއެކު ކުރުން، އަދި ބަލިވުމުގެ ސަބަބުން އޮފީހަށް ޙާޟިރު ނުވެވިއްޖެނަމަ، ރިޕޯރޓް ކުރަންޖެހޭ ވެރިއަކަށް ދަންނަވައިގެން މަސައްކަތަށް ދަތި ނުވާ ގޮތަކަށް ކަންކަން ރޭވުން.

6.ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ޤަވާއިދުން ވެހިކލް ދުއްވުމާއި، ޕާރކް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1.މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން.

2. ލިޔަން ކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލައިސަންސް ކާޑު ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 22 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު،މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް މަހުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް (އަމީނީމަގު، މާލެ) ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004342 ނަންބަރު ފޯނަށް ނުވަތަ 3004341 ނަންބަރު  ފޯނަށެވެ.

06 ޝަޢުބާން 1440

                   11 އޭޕްރީލް 2019

11 އޭޕްރިލް 2019
ހޯދާ