މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރަޖިސްޓަރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދަ ދޫކުރުން

ރަޖިސްޓަރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދަ ދޫކުރުން

އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި އުޅަނދު ދުއްވާނަމަ، ދުއްވަންޖެހޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ވަގުތީ ހުއްދަ ނެގުމަށްފަހުގައެވެ. އަދި މިހުއްދަ ނުނަގައި އުޅަނދު ދުއްވަމުން ދަނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އުޅަނދު ޓޯވ ކުރުމުން، ބައެއް ފަރާތްތަކުން ވަގުތީ ހުއްދައަށް އެދެމުން ދާކަން މިއޮތޯރިޓީއަށްވަނީ ފާހަގަކުރެވިފައެވެ.

ވީމާ، މިފަދަގޮތަކަށް ޓޯވ ކޮށްފައިވާ އުޅަނދުތަކަށް ވަގުތީ ހުއްދަ ދޫކުރާގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

06 ޝައުބާން  1440

11 އޭޕްރީލް   2019

 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

11 އޭޕްރިލް 2019
ހޯދާ