މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމަށް އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމާއި ބެހޭ

 

 

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމަށް އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމާއި ބެހޭ

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުން ތެރި ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ޕްރޮގްރާމްގެ 2 ވަނަ ބައި އައްޑޫ ސިޓީގައި ދިރިއުޅޭ އެ އަތޮޅުގެ ރައްޔިތުންނަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ ހެލްމެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މި ދަންނަވާ ގޮތުގެ މަތިންނެވެ.

އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަޚްލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށްޓަކައި 02 (ދޭއް) ގަޑި އިރުގެ ތަމްރީން ސެޝަންއެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި އަދި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް ވިސްނާދިނުމާއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އެގޮތުން އއައްޑޫ ސިޓީގައި ދިރިއުޅޭ އެއަތޮޅުގެ ރައްޔިތުންނަށް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv ގައި 2019 އޭޕްރީލް 15 ވާ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލެވޭނެއެވެ. ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ނަން ނޯޓު ކުރެވޭނީ 700 ބޭފުޅުންނަށް ކަމުގައިވާތީ، އެއަށްވުރެ އިތުރަށް ސިސްޓަމުން ނޯޓު ނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ. އަދި ނަން ނޯޓު ކުރާ ފަރާތްތަކަށް ޕްރޮގްރާމް ހިންގާނެ ތާރީޚާއި ގަޑި އަދި ތަން އެސް.އެމް.އެސް މެދުވެރިކޮށް ދެންނެވޭނެއެވެ.

06 ޝައުބާން   1440

11 އޭޕްރީލް    2019

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

11 އޭޕްރިލް 2019
ހޯދާ