ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓްތަކުގެ ބޭނުމަށް މަލްޓިފަންކްޝަން ޕްރިންޓަރ ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓްތަކުގެ ބޭނުމަށް މަލްޓިފަންކްޝަން ޕްރިންޓަރ ހޯދުމާބެހޭ

 މެޖިސްޓްރޭޓް ކޯޓުތަކަށް 50 މަލްޓިފަންކްޝަން ޕްރިންޓަރ ގަންނަން ބޭނުންވެގެން މިޑިޕާޓްމަންޓުން ކޮށްފައިވާ ނަންބަރު 198-F/2019/38 ޢިއުލާނުގައި މާލިއްޔަތުގެ ޤަވާޢިދުގެ 10.43 ވަނަ މާއްދާގެ (ބ) ގެ 1 ގައި ބަޔާންކޮށްފައިވާ މުއްދަތު ދެވިފައިނުވާތީ، އެޢިއުލާން ބާތިލްކޮށް މެޖިސްޓްރޭޓް ކޯޓުތަކަށް 50 މަލްޓިފަންކްޝަން ޕްރިންޓަރ ގަންނަން އަލުން ޢިއުލާންކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2019 އޭޕްރިލް 16 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006237 / 3006221 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރިލް 21 ވާ އާދިއްތަ ދުވަހުގެ 11:00 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޝަޢުބާން 1440

10 އޭޕްރިލް 2019
ހޯދާ