އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ތާރީޚް:    10އެޕްރީލް 2019

ނަންބަރު: GS210/IUL/2019/18

 އުނގޫފާރު ސްކޫލް 

ރ.އުނގޫފާރު

                                                                             

 އިޢުލާނު

މި ސްކޫލްގެ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

މަޤާމް:              

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-305837

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުނގޫފާރު ސްކޫލް / ރ.އުނގޫފާރު

މުސާރަ:

5610.00 ރުފިޔާ ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ

ސަރވިސް އެލަވަންސް :

2000.00 ރުފިޔާ ( ދެހާސް ރުފިޔާ )

ސަޕޯޓިން ކޯ އެލަވަންސް :

700.00 ރުފިޔާ ( ހަތްސަތޭކަ ރުފިޔާ )

 

 

 

މަޤާމުގުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-     ކޮމްޕިއުޓަރު ތަކާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

2-     ސްކޫލްގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ސިސްޓަމްތައް ހަފްތާއަކު އެއްފަހަރު ޓޭބަލްކުރެވިގެން ވައިރަސް އަޕްޑޭޓްކުރުން. 

3-     ސިސްޓަމްތަކުގައި އެކިއެކި ގޮތްގޮތަށް ރައްކާކުރެވިފައިވާ ބޭނުންނޫން ޑާޓާތައް ވެރިފަރާތާއި މަޝްވަރާކުރުމަށްފަހު ޑިލީޓްކުރުން  

4-     ސްކޫލްގެ އިންޓްރާނެޓް އަދި ސަރވާ އާއި ސިސްޓަމްތަކަށް ލޮގްކުރެވޭ ނިޒާމް ދުވަހުން ދުވަހަށް ޗެކްކުރުމާއި ، މިކަމުން ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުން

5-     ސަރވަރ އަދި ނެޓްވޯކަށް ދިމާވާ އެކި އެކި މައްސަލަތައް ހައްލުކުރުން 

6-     ސްކޫލްގެ އިންވެންޓްރީ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

7-      ސްކޫލް ޑިޖިޓަލައިޒް ޕްރޮގްރާމްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.

8-     ހިދުމަތްދިނުމަށް ބޭނުންވާ އެކި އެކި ސޮފްޓްވެއަރތައް ހޯދުމާއި އަޕްޑޭޓްކުރުން.

9-     ސްމާޓް ކްލާސްރޫމްތަކުގެ ޓީވީ ތަކާއި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ބެލެހެއްޓުން. 

10- ސްކޫލް ދަރިވަރުން އަދި ޓީޗަރުން ބޭނުންކުރާ ޓެބްލެޓް ތަކަށް ދިމާވާ އެކި އެކި މައްސަލަތައް ހައްލުކުރުން.

 

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް :

1-     މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން .

 

 

 

 

 

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް : 

1-                 1- އިންފޮމޭޝަން ޓެކްނޮލޮޖީ

 

 

 

ތައުލީމީ ރޮނގުތައް :

 

1-        ކޮމްޕިއުޓަރ ސައިންސް

                                                                                                                                                     

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  2.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv  މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ .

(ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

  6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްގެ ކޮޕީ 

  7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ

  8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ  ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް .

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އެޕްރީލް 2019 ވާ ހޯމަދުވަހުގެ ދުވަހުގެ 14:00ގެ ކުރިން، އުނގޫފާރު ސްކޫލްގެ އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސްބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  23 އެޕްރީލް 2019  އާއި 30 އެޕްރީލް 2019   އާ ދެމެދު، އުނގޫފާރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

05 ޝައުބާން 1440

10 އެޕްރީލް 2019

 

10 އޭޕްރިލް 2019
ހޯދާ