ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ ސިއްރުވޯޓް ނެގުން

ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއާއި ނިލަންދޫ ނަރުދަމާ ނިޒާމު ރައްޔިތުންގެ ނަމުގައި ކައުންސިލުން ހިންގާނީތޯ ނުވަތަ އެ ތަންތަން ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރާނީތޯ ބެލުމަށްޓަކައި ރައްޔިތުންގެ ސިއްރު ވޯޓެއް ނަގާގޮތަށް ހަމަޖައްސައިފީމެވެ. މި ވޯޓު ނެގުން ބާއްވާނީ 2019 އެޕްރީލް 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން މެންދުރު ފަހު 1:00 އަށެވެ. މި ވޯޓުގައި ބައިވެރިވެވޭނީ 2019 އެޕްރީލް 19 ވަނަ ދުވަހަށް ޢުމުރުން 18 އަހަރު ފުރިފައިވާ، ނިލަންދޫގެ ރަށްވެހިންނަށެވެ.

 

ވޯޓުލުމަށް ވޯޓުފޮށި ބަހައްޓާނީ ނިލަންދޫގައި 2 (ދޭއް) ވޯޓު ފޮށި، މާލޭ ގައި 1 (އެކެއް) ވޯޓު ފޮށްޓެވެ.

 

ވީމާ، މާލޭގައި ބަހައްޓާ، ވޯޓު ފޮށްޓަށް ވޯޓުލުމަށް ބޭނުންވާ،2019 އެޕްރީލް 19 ވަނަ ދުވަހަށް ޢުމުރުން 18 އަހަރު ފުރިފައިވާ ނިލަންދޫގެ ރަށްވެހިން 2019 އެޕްރީލް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

 

މާލޭގައި ބަހައްޓާ ފޮށްޓަށް ވޯޓުލާން އެދިވަޑައިގަންނަވާ މީހުން ފިޔަވައި އެހެން މީހުންނަށް ވޯޓު ލެވޭނީ ނިލަންދޫގައި ބަހައްޓާ 2 (ދޭއް) ވޯޓު ފޮށީގެ ތެރެއިން އެމީހަކު ވޯޓުލުމަށް ހަމަޖައްސާ  ވޯޓު ފޮށްޓަށެވެ.

10 އޭޕްރިލް 2019
ހޯދާ