މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިރަށުގެ މޫދުވިނަ ނެގުމަށްޓަކައި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޭޕްރިލް 18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގަޑީގައި އަންދާސީ ހިސާބުތައް ކަޑައި މަޢުލޫމަތު އެންޓަރ ކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮށްނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 15 އޭޕްރިލް 2019 އިން 17 އޭޕްރިލް 2019 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 10:00 ން މެންދުރު ފަހު 12:00 އާދޭތެރޭ މިއިދާރާގެ ކައުންސިލްގެ ރައީސް، ނަންބަރު 9927991 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

 

 

 

10 އޭޕްރިލް 2019
ހޯދާ