ދިވެހިރާއްޖެ
އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އެތެރެއަށް ބަދަލުގެނެސް ކޯޓް ރޫމް ބޮޑުކޮށް، ސްޓޭޖާއި، ބެކްޑްރޮޕް ޕެނަލް އަދި ކޯޓް ރޫމުގައި ބަހައްޓާ ދިދަދަނޑި ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓްގެ ނަންބަރ S2C-A/2019/09 ޢިއުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.