މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މިކޯޕަރޭޝަންގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ ކުރިއަށް އޮތް 5 (ފަހެއް) އަރަހު ދުވަހުގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވި ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފްޞީލް

ނަން:                  މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހުގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބޭނުންވާ ހިދުމަތް:         މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރު ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދިނުމާއި، ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހުގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން ތައްޔާރުކޮށްދިނުން.

 

ބީލަމާބެހޭ މަޢުލޫމާތު ދިނުން

ބީލަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވަކިން ބޭއްވުމަށް ހަމަޖެހިފައިނުވާ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަންވީ، މި އިއުލާނާއެކު ވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު އެއްގަޑި ސުންމިނެޓު (13:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގި ފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000

ފެކްސް:  

3011004

މުޢާމަލާތު ކުރަންޖެހޭ ފަރާތް:

އާމިނަތު ޝަފާނާޒު

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދެވިދާނެއެވެ.

08 އޭޕްރިލް 2019
ހޯދާ