އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށު އީދިގަލި ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީގެ ހިތަދޫ އަވަށު އީދިގަލި ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2019/62 އިއުލާން އިދާރީ މައްސަލައެއް ހުރުމާއެކު މިދެންނެވުނު އިއުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އެޕްރީލް 7 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 އެޕްރީލް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 އެޕްރިލް 16 ވާ އަންގާރަ ދުވަހުގެ 12:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 އެޕްރީލް 7 ވާ އާދިއްތަ ދުވަހުން ފެށިގެން 2019 އެޕްރީލް 14 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 އެޕްރީލް 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް:  [email protected]   
ކޮޕީ :  [email protected]
28 ރަޖަބު 1440

04 އޭޕްރިލް 2019
ހޯދާ