ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/073
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 09 އޭޕްރިލް 2019 11:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ ކޭބަލް ގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/073

 

އިޢުލާން

މި ކުންފުންޏަށް ބޭނުންވާ ކޭބަލް ގަތުމާއި ގުޅޭ:

މި ކުންފުންޏަށް ކޭބަލް ގަންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

 މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00 ޔޫ.އެސް.ޑޮލަރު (ފަސް ހާސް ޔޫ.އެސް.ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެވެ. ޗެކް ވާންވާނީ ބެންކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

09 އެފްރީލް 2019ގައި

11:30

އަގު ހުށަހެޅުން

16 އޭޕްރިލް 2019 ގައި

13:00

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގެ ސެކްޝަން ( b ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              26 ރަޖަބު 1440

              02 އެޕްރީލް 2019

 

02 އޭޕްރިލް 2019