ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (A)DC-2019/141
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 21 މާރިޗު 2019 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރ: A)DC-2019/141)

އިޢުލާނު

މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: A)DC-2019/086) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތަށް ބީލަން އެވޯރޑް ވުމުން ތަކެތި ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަށް ތަކެތި ސަޕްލައި ކޮށްދެވެން ނެތްކަމަށް އަންގާފައިވާތީ، ބީލަން ބާތިލްކޮށް ޝަރުތުހަމަވާ ފަރާތްތަކުން މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.  

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/G-008

މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކުރުން

-/10,000 ރުފިޔާ

2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. (ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަނަރަ ޕަސެންޓް ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.)

3. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 މާރޗް 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

4. ބީލަން ހުޅުވުން އޮންނާނީ  2019މާރޗް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

09 ރަޖަބު 1440

 

16 މާރިޗު 2019