ދެންނެވުން
ނަންބަރު: (IUL)425-A1/425/2019/4
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 1412
ސުންގަޑި: 31 މާރިޗު 2019 0000
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސަހަރާގެ އިރުމަތީ ބައިގަ ޖަހާފައިވާ މާހާނަގައުތައް ނެގުން

            އާސަހަރާގެ އިރުމަތީ ބައިގަ ޖަހާފައިވާ މާހާނަގައުތައް ނެގުން

 

           މާލެ ސިޓީގެ މާލޭގައި މަރުވާމީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ ސަހަރާކަމުގައިވާ   އާސަހަރާގަ ޖާގަ ނެތުމާއިއެކު ޖާގަ ހެދުމަށްޓަކައި، ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އާސަހަރާގެ އިރުމަތީ ފަރާތުގެ މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގައުތައް، މައްޔިތުންގެ އާއިލާގެ ފަރާތުން 31 މާރިޗް 2019 ގެ ނިޔަލަށް ނަންގަވައި ދެއްވުމަށް ދަންނަވަމެވެ. އެމުއްދަތުގެ ފަހުން ނުނަގާ ހުރި ގައުތައް، އެތަނުން ނަގާ އެތަނަށް ވެލި އެޅޭނެ ވާހަކަވެސް ދެންނެވީމެވެ. މިގޮތުން ނަގަންޖެހޭ މަހާނަ ގައުތައް ނެގުމުގައި، އެގައުތަކަށް ލިބިދާނެ ގެއްލުމަކަށް، މިކައުންސިލުން ޒިންމާ ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ.

     

 

                                              09 ރަޖަބު 1440

2019-03-16