މަސައްކަތް
ނަންބަރު: (IUL)248-ESMSMS/248/2019/23
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 20 މާރިޗު 2019 10:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ބަރަކާތްތެރި ރަމަޟާން މަހު ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

                `                

 

ނަމްބަރު: IUL-248-ESMSMS/248/2019/23

އިޢުލާނު

1440 ވަނަ އަހަރު ބަރަކާތްތެރި ރަމަޟާން މަހުޙާފިޒުންގެ ފަރިއްކޮޅު ތައްޔާރު ކުރުން

           1440 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ކީރިތި ޤުރްއާން ހިފުޡުކޮށް ތަރާވީޙު ނަމާދާއި، ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)-ESMSMS/248/2019/21 (26 ފެބުރުވަރީ 2019 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަދައިގެންފައި ނުވާތީ، އެޢިއުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މާރިޗް 2019 ވާ ބުދަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

           މި މަސައްކަތް ކޮށްދެއްވުމަށް އެދި މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެތަނެއްގެ ރަސްމީ ސިޓީއަކާއި ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި، އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ މީގެ އިތުރުން ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަން ވާނެއެވެ.

           މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަށް ލައި ބަންދުކޮށް 1440 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު ކީރިތި ޤުރުއާން ހިފުޠުކޮށް ތަރާވީޙު ނަމާދާއި، ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.   

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

12 މާރިޗު 2019