ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-EP/322/2019/32
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 25 މާރިޗު 2019 00:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

01 އޭޕްރީލް 2019 އިން 31 މާރިޗު 2020 އަށް އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމާއި ކުނިއަޅާތަން ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް އެދޭ ފަރާތްތަކުން 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ހޯއްދެވުމަށްފަހު 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 09:30 އަށް އަގުހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ  ކޯޕްރޭޓިވް ސޮސައިޓީތައް.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

14 މާރިޗު 2019