ދެންނެވުން
ނަންބަރު: (IUL)425-B6/1/2019/10
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 11 މާރިޗު 2019 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބާ ގުޅިގެން އިސްތިހާރު ހަރުކުރުމާއި ގުޅޭ

                                                                   ނަންބަރު: IUL)425-B6/1/2019/10) 

                                                އިޢުލާނު

 

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބާ ގުޅިގެން އިސްތިހާރު ހަރުކުރުމާއި ގުޅޭ

        ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ގިނައަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބަކަށްވާތީ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފީއަކާ ނުލައި މާލޭ ސިޓީގައި އިސްތިހާރު ހިއްޕުމުގެ ހުއްދަ ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

       ވީމާ ތިރީގައި ދަންނަވާފައިވާ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްފަހު، އަދި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާ ފަރާތްތަކަށް އިސްތިހާރު ބެހެއްޓުމުގެ ހުއްދަ ހޯއްދެވުމަށް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

 1- ހުއްދަ ނުނަގާ އިސްތިހާރު ހިއްޕައިފިނަމަ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  (ހ) ހުއްދަ ނުނަގާ އިސްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް -/1000ރ. (އެއްހާސް) ރުފިޔާއާއި -/2000ރ. (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އިސްތިހާރު ނަގަންޖެހޭ މުއްދަތު ހަމަވުމުން އިސްތިހާރު ނުނަގާ ހިނގާ ކޮންމެ ދުވަހަކަށް -/2000ރ. (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 2- އިސްތިހާރު ހަރުކުރުމަށް ހުށަހަޅާއިރު މިމާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

 (ހ) 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގެ މެމްބަރެއް ކަމުގެ ލިޔުން އިލެކްޝަންގެ ލިޔުން ހުށަހަޅަންވާނެއެވެ.

 (ށ) ހަރުކުރަން ބޭނުންވާ އިސްތިހާރެއްގެ ހާޑްކޮޕީ ކުލަކޮށް ހުށަހަޅަން ވާނެއެވެ.

 (ނ) ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިސްތިހާރެއްނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ނަގަންވާނެއެވެ.

 (ށ) ދަމާފައިވާ ބެނާ އިސްތިހާރުގެ ސަބަބުން ޢާއްމުރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އިސްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަންގަވަންޖެހޭނެއެވެ.

 (ބ) ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ އިޝްތިހާރެއްނަމަ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދޫކޮށްފައިވާ ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 (ޅ) އަމިއްލަ ފަރާތެއްގެ ޢިމާރާތުގައި ހަރުކުރާނަމަ، އެފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހުށަހެޅުމާއެކު، ހުއްދަ ދޫކުރި ލޮކޭޝަންތައް / ހަރުކުރަން ހުއްދަ ކުރިގޮތް (މެތޮޑް) އެނގެން އޮންނަންވާނެއެވެ.

3- އިޝްތިހާރު ނުހިއްޕޭނެ ތަންތަން

 (ހ) ދައުލަތުގެ ޢިމާރާތްތަކުގައާއި، ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުގައާއި، ސަހަރާތަކުގައާއި، ޕާކުތަކުގައާއި އަދި ޔުޓިލިޓީސް ޚިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކުގައާއި، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައިހުންނަ ފެންސްތަކުގައި އިޝްތިހާރު ބެހެއްޓުމަކީ ނުވަތ ހިއްޕުމަކީ މަނާކަމެކެވެ.

 (ށ) މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޝްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާ ކަމެކެވެ.

 (ނ) އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫންވެސް ތަންތަނަށް އެޅުމަކީ މަނާ ކަމެކެވެ.

4- ގޭގޭގެ ފާރުގައި އިޝްތިހާރު ހިއްޕުން  އަމިއްލަ މީސްމީހުންގެ ގޭގެއާއި، ޢިމާރާތްތަކުގައި އިޝްތިހާރު ބަހައްޓައި ހަރުކުރަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިޝްތިހާރުގެ މުއްދަތު ހަމަވުމުން އެތަނަކުން އިޝްތިހާރު ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިޝްތިހާރު ހަރުކުރާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

      

                                                 27 ޖުމާދަލްއާޚިރާ 1440

04 މާރިޗު 2019