ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)343-AS/343/2019/24
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 22:47
ސުންގަޑި: 05 މާރިޗު 2019 14:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Driver

މުވައްޒަފުން ބޭނުންވެއްޖެ:

 

މަޤާމް:  ޕިކަޕް ޑްރައިވަރ

 

ބޭނުންވާ އަދަދު: 01

 

މުސާރަ:   -/3000 ރުފިޔާ،   ސާރވިސް އެލަވަންސް -/1000 މީގެއިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިސާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

ވަޒީފާއަދާކުރަންޖެހޭ ތަން:   އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

މަޤާމްގެ މަސްޢޫލިއްޔަތު:    

 

  1. ކައުންސިލްގެ ޕިކަޕް ހަފްތާއަކު އެއްފަހަރު ދޮވެ ސާފުކުރުމާއެކު ތެޔޮ އުނގުޅަންޖެހޭތަނެއްވާނަމަ އެކަންކޮށް ޕިކަޕް ރަނގަޅަށް ބެލެހެއްޓުން.           
  2. ގޭގެއިން ކުނި ނެގުމާއި، ކުނި ވަކިކުރުމާއެކު އެކުންޏަށް ހާއްސަކުރެވިފައިވާ ތަނަކަށް ރައްކާތެރިކަމާއެކު ކުނި އެޅުން.                       
  3. ކޮންމެ ދުވަހަކު ކުނި އުކާލުމަށްފަހު ޕިކަޕް ދޮވެ ސާފުކުރުން.                                                    
  4. ކުނިއުކުން ނިމުމަށްފަހު ލިބޭ އެހެނިހެން ދަތުރުތައް ކުރުން.                                                     
  5. ކައުންސިލުން ރާވާހިންގާ އިތުރު ހަރަކާތްތަކާއި ފާހަގަކުރާ ދުވަސްތަކުގައި ޕިކަޕް ބޭނުންކުރަންޖެހޭ ހުރިހާ ޙާލަތްތަކެއްގައި ޕިކަޕް ޑްރައިވަރެއްގެ ހައިސިއްޔަތުން ޕިކަޕް ދުއްވުން.                                                                            

 

 

 

 

ވަޒީފާއަދާކުރަންޖެހޭ ވަގުތު: ކޮންމެދުހެއްގެ ހެނދުނު 8:00 ން 14:00ށް.

 

ފެންވަރު ނުވަތަ ޝަރުތު: ޕިކަޕް ދުއްވުމުގެ ހުއްދަ (ލައިސަންސް) ލިބިފައިވާ ފަރާތެއްކަމުގައިވުން. ނުވަތަ ސައިކަލް ދުއްވުމުގެ  ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައިވުން.

                 އުމުރުން 18 އަހަރު ފުރިފައިވުން.

                 ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ސިއްޙީ ހާލަތު ތަންދޭ މީހެއްކަމުގައިވުން.

މަޤާމްޕިކަޕް ޑްރައިވަރގެ އެސިސްޓެންޓް

 

ބޭނުންވާ އަދަދު: 01

 

މުސާރަ:   -/2500 ރުފިޔާ،   ސާރވިސް އެލަވަންސް -/1000 މީގެއިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިސާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

 

ވަޒީފާއަދާކުރަންޖެހޭ ތަން:   އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ 

މަޤާމްގެ މަސްޢޫލިއްޔަތު:   

  1. ކައުންސިލްގެ ޕިކަޕް ހަފްތާއަކު އެއްފަހަރު ދޮވެ ސާފުކުރުމާއެކު ތެޔޮ އުނގުޅަންޖެހޭތަނެއްވާނަމަ އެކަންކޮށް ޕިކަޕް ރަނގަޅަށް ބެލެހެއްޓުން.           
  2. ގޭގެއިން ކުނި ނެގުމާއި، ކުނި ވަކިކުރުމާއެކު އެކުންޏަށް ހާއްސަކުރެވިފައިވާ ތަނަކަށް ރައްކާތެރިކަމާއެކު ކުނި އެޅުމުގައި ޑްރައިވަރާއެކު މަސައްކަތްކުރުން.   
  3. ކޮންމެ ދުވަހަކު ކުނި އުކާލުމަށްފަހު ޕިކަޕް ދޮވެ ސާފުކުރުން.                                                    
  4. ޑްރައިވަރު ނެތިއްޖެ ހާލަތެއްގައި ކައުންސިލްގެ ފަރާތުން ކުރަންޖެހޭ އެންމެހައި ދަތުރުތަކެއް ކުރުން.                                
  5. ކުނިއުކުން ނިމުމަށްފަހު ލިބޭ އެހެނިހެން ދަތުރުތައް ޑްރައިވަރު ނެތިއްޖެ ހާލަތެއްގައި ޑަރައިވަރެއްގެ ހައިސިއްޔަތުން ކުރުން. އަދި ޑްރައިވަރު ހުރެއްޖެނަމަ     އޭނާއަށް އެހީތެރިވުން.                                                                        
  6. ކައުންސިލުން ރާވާހިންގާ އިތުރު ހަރަކާތްތަކާއި ފާހަގަކުރާ ދުވަސްތަކުގައި ޕިކަޕް ބޭނުންކުރަންޖެހޭ ހުރިހާ ޙާލަތްތަކެއްގައި ޕިކަޕް ޑްރައިވަރު ނެތިއްޖެނަމަ ޑްރައިވަރެއްގެ ހައިސިއްޔަތުން ޕިކަޕް ދުއްވުން. އަދި ޑްރައިވަރު ހުރެއްޖެނަމަ ޑްރައިވަރަށް އެހީތެރިވުން.

 

 

 

 

 

 

ވަޒީފާއަދާކުރަންޖެހޭ ވަގުތު: ކޮންމެދުހެއްގެ ހެނދުނު 8:00 ން 14:00ށް.

 

 

ފެންވަރު ނުވަތަ ޝަރުތު: ޕިކަޕް ދުއްވުމުގެ ހުއްދަ (ލައިސަންސް) ލިބިފައިވާ ފަރާތެއްކަމުގައިވުން. ނުވަތަ ސައިކަލް ދުއްވުމުގެ  ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައިވުން.

                 އުމުރުން 18 އަހަރު ފުރިފައިވުން.

                 ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ސިއްޙީ ހާލަތު ތަންދޭ މީހެއްކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

               ލީވިންގ ސެޓްފިކެޓް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

               އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދައިގެ ކޮޕީ.

  • ސެޓިފިކޭޓްތައް ހުށައަޅަންވާނީ އަސްލާއެއްގޮތްކަމަށް ކަށަވަރުކުރުމަށްފަހުއެވެ.

 

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި: 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ކައުންސިލްގެ އިދާރާ އަށް.

25 ފެބުރުވަރީ  2019

 

 

25 ފެބުރުވަރީ 2019