ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2019/07
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 1528
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

                             ނަންބަރު: BAM/IUL/2019/07

އިޢުލާން

 

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

 

07 މާރިޗު 2019 ން 16 މާރިޗު 2019 ށް ޝެޑިއުލް ކުރެވިފައިވާ 16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ބާއްވާ ތާރީޚް 21 ޖޫން 2019 ން 30 ޖޫން 2019 އަށް ބަދަލު ކުރެވިފައިވާކަން އެންމެހާ ސްކޫލް/ މަދަރުސާ ތަކުގެ ސަމާލު ކަމަށްޓާކައި ދަންނަވަމެވެ.

މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު އަވަސް ފުރުޞަތެއްގައި ޚިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ށް އަދި މެންދުރުފަހު 13:30 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

 

 

18 ފެބުރުވަރީ 2019     

2019-02-18