ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)431-AHP/1/2019/1
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 03 މާރިޗު 2019 10:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ފަރުނީޗަރު ގަތުމަށް

 

އިޢުލާން

 

މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެއެވެ.

ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2019 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި 18 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 10:00 ގެ ފަހުން މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4300-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1440ހ.

17 ފެބްރުއަރީ 2019މ.

 

17 ފެބުރުވަރީ 2019