ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AB-2019/37
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 1834
ސުންގަޑި: 17 ފެބުރުވަރީ 2019 1400
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމަށް ޓްރެއިނަރުން ހޯދުމާ ގުޅޭ:

                                                            ނަންބަރ: A)AB-2019/37)

    އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމަށް ޓްރެއިނަރުން ހޯދުމާ ގުޅޭ:

     މި ކޮމިޝަނުގެ ނަންބަރު A)AB-2019/15) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ، އިތުރު ޓްރެއިނަރުން ހޯދުމަށް އިޢުލާން ކުރަމެވެ. އަދި ޙަވާލާދެވުނު އިޢުލާނާ ގުޅިގެން މި ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ބަލައިގަނެފައިވާ ވާހަކަ ދަންނަވަމެވެ.

     2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ޤާއިމްކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި 19 (ނަވާރަ) މީހުން ބޭނުން ވެއްޖެއެވެ. އަދި ޓްރޭނަރުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމެއް މިއަހަރުގެ މާރިޗު މަހުގެ 08 އިން 15 އަށް މާލޭގައި ކުރިއަށް ގެންދެވޭނެއެވެ.

     މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޓްރޭނަރުންގެ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމަށް މާލެއާއި އަތޮޅުތަކުގައި ޙަރާކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ޓްރޭނަރުންނަށް، ޓްރޭނިންގ ކުރިއަށްދާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާގެ އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

     އަދި، މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މިކޮމިޝަނާއެކު އިޤްރާރު ކުރެވި، މާލެއާއި އަތޮޅުގައި އަދި ސިޓީތަކުގައި މާރިޗް 20 އިން ފެށިގެން 30 އަށް އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މިގޮތުން ޓްރޭނަރުންނަށް އޮފިޝަލުންގެ ޓްރޭނިންގ ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2019 ވާ (އާދީއްތަ)  ދުވަހުގެ 14:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތައް ފޮނުވާނީ info@elections.gov.mv އަށް ނުވަތަ ހުށަޅާނީ ކޮމިޝަނުގެ ރިސެޕްޝަން، ޕޯޓްސް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި، ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސްޢޫލިއްޔަތު:

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.

 މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

- އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުން.

- މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން.

- ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 06 ޖުމާދަލްއާޚިރާ 1440

11 ފެބުރުވަރީ 2019

2019-02-11