ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-schol/475/2019/15
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 18 ފެބުރުވަރީ 2019 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

މަތީ ތަޢުލީމާ ބެހޭ މަޖިލީހަކީ، މަތީ ތަޢުލީމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ސަރުކާރަށް ލަފާ ދިނުމަށްޓަކައި އެކުލަވާލެވޭ މަޖިލީހެކެވެ. މި މަޖިލީސް އަލުން އެކުލަވާލާއިރު، މި މަޖިލީހުގައި ޢާންމުންގެ ތެރެއިން 2 މެންބަރުން ހިމެނުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، މި މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމެނޭ ވަނަވަރާއެކު 18 ފެބްރުއަރީ 2019 ގެ މެންދުރުފަހު 2:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

- ފުރިހަމަ ނަން:

- އައިޑީ ކާޑް ނަންބަރު:

- ދާއިމީ އެޑްރެހާއި މިހާރު އުޅޭ އެޑްރެސް:

- އަދާކުރާ ވަޒީފާ:

- ވަޒީފާ އަދާކުރާ އޮފީސް އަދި ސެކްޝަން:

- ފޯނު ނަންބަރު:

- ތަޢުލީމީ ފެންވަރު:

 

06 ޖުމާދަލްއާޚިރާ 1440

11 ފެބްރުއަރީ 2019

11 ފެބުރުވަރީ 2019