ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)348-EM/348/2019/7
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 25 ފެބުރުވަރީ 2019 00:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.އޮމަދޫން ގޯތިދޫކުރުމާއި ގުޅޭ

އިޢްލާން

ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމާއިގުޅޭ.

            ދިރިއުޅުމަށްޓަކައި އދ. އޮމަދޫން 103 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމަވާފައިވުމާއިއެކު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.

            ވީމާ، ގޯތިހޯދުމަށް ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ " އދ.އޮމަދޫ ގޯއްޗަށް އެދޭ ފޯމް 2019 " ނަންގަވާ ފުރުއްވުމަށްފަހު ފޯމުގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ރަށުން ބޭރުގައި ހުންނެވުމުގެ ސަބަބުން ފޯމް ނެންގެވުމަށް ވަޑައިގެންނެވެން ނެތްނަމަ، ސިޓީއާއިއެކު މީހަކު ފޮނުވުމުން އެފަރާތަކާއި ޙަވާލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2019 ފެބްރުއަރީ 11 ން ފެށިގެން 2019 ފެބުރުއަރީ 25 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރުފަހު 1.00 އަށެވެ. ގޯއްޗަށްއެދި ހުށައަޅުއްވާ ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތްކަން އަނގައިދޭ ސްލިޕެއް ލިބިވަޑައިގަންނަވާނެއެވެ.

            މި އިޢްލާނާއިއެކު " އދ. އޮމަދޫން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަންގައިދޭ ޗާޓް " އާއި " ގޯއްޗަށްއެދި ހުށައަޅާ މީހުންގައިގާއި ހުންނަންވާ ޝަރުތު 2019 " އާއި އދ. އޮމަދޫން ގޯއްޗަށް އެދިފައިވާ މީހުންނަށް ޕޮއިންޓްދޭ ތާވަލް އަދި ގޯތި ދޫކުރުމުގެ ކަންކަން ގެންދާނޭ ތަރުތީބު މި އިދާރާގެ ނޯޓިސް ބޯޑާއި، ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކުރެވިފައިވާނެއެވެ.

            އަދި ދަންނަވަމެވެ. މި އިޢުލާން ނުކުތުމުން މީގެ ކުރިން ގޯއްޗަށް އެދި މި ކައުންސިލަށް ހުށައަޅާފައިވާ ހުރިހާ ފޯރމެއް ބާޠިލް ވީއެވެ. އަދި ގޯތި ހޯދުމަށް ބޭނުންވެލައްވާ އެއްމެހާ ފަރާތްތަކުން އިޢުލާނުގައިވާ މުއްދަތަށް ފޯރމް ނަގައި ފޯރމްގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތުތައް ކިޔަން އެނގޭނޭހެން ފުރިހަމަކޮށް މުއްދަތަށް ހުށައެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

            މީގެ އިތުރުން ކައިވެޏެއްކޮށް ކައިވެނި ރޫޅި ދަރިންތިބެ ދަރިން ބަލަހައްޓަމުންގެންދާނަމަ ދަރިން ބަލަހައްޓަމުންގެންދާ ފަރާތުން އެކަންއެގޭނެ ޝަރުޢީ ލިއުމެއް ފޯމާއިއެކު ހުށައެޅުންއެދެމެވެ.

                      06  ޖުމާދަލްޢާޙިރާ  1440

                      11   ފެބުރުއަރީ    2019

                                                                             ޢަދުނާން ޢަބްދުﷲ

                                                              އދ. އޮމަދޫ ކައުންސިލްގެ ރައީސް

 

 

5- ގޯއްޗަށް އެދޭ މީހުންނަށް ކޮންމެހެން އެގެންބޭނުންވާ މަޢުލޫމާތުތައް

   ގޯތި ދޫކުރުމުގެ ކަންތައް ގެންދާނެތަރުތީބު:

  • އެންމެ ފުރަތަމަ ފޯރމްތައް ސާފުކޮށް ޝަރުތުހަމަވާ މީހުން ކަނޑައަޅާނީއެވެ.
  • ޝަރުތު ހަމަވާމީހުން ކަނޑައަޅާ ނިމުމުން ޕޮއިންޓް ތާވަލުގައިވާގޮތުގެ މަތީން ފޯރމްތަކަށް ޕޮއިންޓް ދެވޭނެއެވެ. މިގޮތުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ އަނބި/ފިރިންގެ މަޢުލޫމާތު ޕޮއިންޓް ދިނުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުންނާއި އަދި އދ.އޮމަދޫ މެޖިސްޓްރޭޓް ކޯރޓުން ސާފު ކުރެވޭނެއެވެ.
  • ޕޮއިންޓްދީ ނިމުމުން ޕޮއިންޓް ލިބިފައިވާ ޖުމްލަ ޢަދަދަށްބަލާ ގޯއްޗަށް އެދިފައިވާ މީހުން ތަރުތީބު ކުރެވޭނެއެވެ.
  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށް މީހުން ނެގުމަށްޓަކައި އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ މީހުން ނަގަމުންގޮސް ޢަދަދު ހަމަކުރެވޭނެއެވެ. ( މިގޮތުން މީހުން ނަގަމުންދާއިރު، އެކަކަށް ގޯތި ލިބުމުގެ ސަބަބުން އޭނާއާއި ޢާއިލީގޮތުން ގުޅިފައިވާ ފަރާތްތަކަށް ޕޮއިންޓް އުނިކޮށް އަދި ޝަރުތެއް އުނިވެއްޖެނަމަ، އެމީހެއްގެ ފޯރމް ބާޠިލްކޮށް އަލުން ލިސްޓް ތަރުތީބު ކުރެވޭނެއެވެ. )
  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށް މީހުން ހަމަކުރުމުގައި، އެންމެ ފަހުގޯތި ލިބޭމީހާއާއި އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެ ތެރެއިން ގޯތިލިބޭފަރާތްތައް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
  • ޕޮއިންޓްލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތިލިބޭނީ ޕޮއިންޓްގެ ގޮތުން އެންމެމަތީ މީހަކަށެވެ. އަދި ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށް ކަމުގައިވާނަމަ އެދެމަފިރިންގެ އެއްމެދު ގޯއްޗެއްގެ ގޮތުގައި އެއްގޯތި ދޫކުރެވިދާނެއެވެ. ނުވަތަ ދެފަރާތުން އެއްބަސްވާނަމަ އެއްފަރާތަށް ގޯތި ދޫކުރެވިދާނެއެވެ. ނުވަތަ ދެގޮތުންކުރެ ގޮތެއް އެއްބަސްނުވެވިއްޖެނަމަ އެދެމަފިރިންގެ ތެރެއިން ގޯތިލިބޭފަރާތް ކަނޑައަޅާނީ އެދެމަފިރިންގެ ދެމެދުގައި ގުރުއަތު ލައިގެންނެވެ.
  • ގޯތި ދޫކުރަން އޮތް ޢަދަދަށް ގޯތި ދޫކޮށް ނިމުމުން އެފަރާތަކަށް ލިބެ ބިން ކަނޑައެޅުމަށްޓަކައި އިތުރު ގުރުއަތެއް ގޯތި ލިބޭކަމަށް ހޮވުނު އެންމެންގެ މެދުގައި ނަގަންވާނެއެވެ. އެގުރުއަތު ނެގުމުގެ ކުރިން ދޫކުރެވޭ ގޯތިތަކާއި އެގޯތިތައް ވަކިވަކިން އެގޭނެހެން އެސަރަޙައްދުގެ ބިނާވެށި ޕްލޭން ޢާންމުކޮށް އިޢުލާން ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • މި ފޯރމްގައި ޙަޤީޤަތާއި ޙިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ. އެފަދަ ސަބަބަކާހުރެ ފޯމު ބާޠިލްކުރަން ޖެހޭނަމަ ބާޠިލްކުރަން ޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯރމު ހުށައެޅިފަރާތަށް އެންގޭނެއެވެ.
  • އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތިދޫކުރެވިފައިވަނީ ފޯރމުގައި ހިމަނާފައިވާ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓެއްގެ މައްޗަށްކަމަށް ސާބިތުވެއްޖެނަމަ ބަދަލު ދިނުމަކާނުލައި އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.
  • ގޯއްޗަށްއެދިފައިވާ މީހުންގެ ފޯރމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓްލިބޭ މީހުން ކަނޑައަޅާނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ކޮމިޓީންނެވެ.
  • ފޯރމު ހުށައަޅާފަރާތުގެ ރަށްވެހިކަން، ޢުމުރު، ދަރިން ތިބިވަރު، ކައިވެނީގެ ހާލަތު، ކައިވެނީގެ މުއްދަތު އަދި އެހެނިހެން ބައިތަކަށް މާކްސް ދިނުމުގައި ބަލާނީ ފޯރމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޙުގެ ޙާލަތަށެވެ.
  •  ފޯރމު ހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޙްގެ ފަހުންވެސް ތިރީގައިވާ ޙާލަތަށް ބަދަލެއް އައިސްފައި ވާނަމަ ޕޮއިންޓް ދިނުމުގައި އަދި ގޯތިދިނުމުގައި އެހާލަތަކަށް ރިއާޔަތްކުރެވޭނެއެވެ. އަދި މިއިން ކަމަކާގުޅިގެން ފޯރމު ހުށައަޅާ މީހާގައި ހުންނަންވާ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯރމް ބާޠިލް ވާނެއެވެ.

ހ. ފޯރމު ހުށައަޅާފައިވާ މީހާ ނިޔާވުން.

ށ. ހިބައިން، ވަސިއްޔަތުން، ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން.

ނ. ދިވެހިރައްޔިތަކު ކަމުން ވަކިވުން.

 

އދ.އޮމަދޫއިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް 2019

        1.ދިވެހި ރައްޔިތަތު ކަމުގައިވުން.

        2.ޢުމުރުން 21 އަހަރު ވެފައިވާ މީހަކަށްވުން .

        3.ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން .

        4.އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް      ލިބިފައިނެތުން ، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން.

        5.ސަރުކާރުންހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

        6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

        7.ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި ، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި ، ގޯއްޗަށް އެދިފައިވާ މީހާޢާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ، ނުވަތަ އޮވެ ، އެ ގޯއްޗަކާއިމެދު އަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް ، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތިނުނެގޭނެ ގޮތެއް ބަލާ ، އެމީހަކީ ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މިކައުންސިލުން ގޯތި ދިނުމަށް ކަނޑައަޅާ ކޮމެޓީއަށް ފެނުން.

11 ފެބުރުވަރީ 2019