ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/1/2019/11
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 15 އޭޕްރިލް 2019 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނައަހަރު ރާއްޖޭގެ މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

            1440 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވެއެވެ. ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

            މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު "ދިވެހި ޙާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް 2019 އެޕްރީލް 15 ވާ ހޯމް ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

            ރަށު ކައުންސިލެއްގެ މިސްކިތެއްގައި ޙިފްޡުކޮށް ދިވެހި ޙާފިޡަކު ތަރާވީޙު ނަމާދު ކުރައްވާނަމަ ރަށު ކައުންސިލުގެ އިދާރާއަށް، އައްޑޫސީ އާއި ފުވައްމުލަކު ސީޓީގެ މިސްކިތެއްގައި ދިވެހި ޙާފިޡަކު ތަރާވީޙު ނަމާދު ކުރައްވާނަމަ އެރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މާލޭސިޓީގެ މިސްކިތެއްގައި ދިވެހި ޙާފިޡަކު ތަރާވީޙު ނަމާދު ކުރައްވާނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް މި މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ އާއި އައްޑޫސިޓީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޔުނިޓު ތަކުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.  

 އުޖޫރަ (އެލަވަންސް):

            ދިވެހި ޙާފިޡުންނަށް އެލަވަންސް ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާއެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް 2 އިމާމުންނަށެވެ. އަތޮޅުތަކުން އެލަވަންސް ހޯއްދެވުމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުއްވޭނެ އެންމެ ފަހު ތާރީޚަކީ 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ކަމުގައި ވެސް ދަންނަވަމެވެ.

 

06 ޖުމާދަލްއާޚިރާ 1440

11 ފެބުރުވަރީ 2019