ޢާންމު މަޢުލޫމާތު
ނަންބަރު: AS-A/IU/2019/19
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 17 ފެބުރުވަރީ 2019 13:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން އެވޯޑް 2019

 

އިޢުލާން

 

މުޙައްމަދު އަމީން ސްކޮލަރޝިޕް - 2019

 

މި އިޢުލާނަކީ މިސްކޫލުން ކުރި ނަންބަރު AS-A/IU/2019/15 ގެ އިޢުލާނުގައި ހަމައެކަނި އަންހެން ދަރިވަރަކަށް މި އެވޯޑަށް ކުރިމަތިލެވޭގޮތަށް އޮތުމުން އެ އިޢުލާނު ބާތިލުކޮށް ދެޖިންސްގެ ދަރިވަރުންނަށްވެސް މި އެވޯޑަށް ކުރިމަތިލެވޭގޮތަށް އިސްލާހުކޮށް ކުރެވޭ އިޢުލާނެކެވެ.

     

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާއި ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން/ފިރިހެން ދަރިވަރަކަށް (1 ޖާގަ) މިސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް އެކެވެ.

 

2019 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭފަރާތްތަކުން އެކަމަށްއެދި 2019 ފެބުރުއަރީ 17 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން މިސްކޫލަށް ސިޓީ ފޮނުއްވުންއެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލާއެކު ކޮޕީ އެއް އަދި 2018 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމް ގެ އަސްލާ އެކު ކޮޕީއެއް(ގްރޭޑް 7 ގެ ފަހުޓާރމް) ހުށައަޅަންވާނެއެވެ.

ޝަރުތު

  1. 2018 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2018 ވަނައަހަރު މާލެ/ވިލިމާލެ/ހުޅުމާލެ ފިޔަވާ އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޙްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2018 ވަނައަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

 

ޝަރުތު ހަމަވާކުދިންގެ ލިސްޓެއް 2019 ފެބުރުއަރީ 18 ވާ ހޯމަ ދުވަހުގެ 14.00 ގެ ފަހުން ސްކޫލް

ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށްދޭ އިމްތިޙާނު ތިރީގައިވާގޮތަށް މިސްކޫލްގައި އޮންނާނެއެވެ. މިއިމްތިޙާނުގެ ނަތީޖާ 2019 ފެބުރުއަރީ 25 ވާ ހޯމަ ދުވަހުގެ 1200 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

  • 2019 ފެބުރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި           (2 ގަޑިއިރު)
  • 2019 ފެބުރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު             (2 ގަޑިއިރު)

 

11 ފެބުރުއަރީ 2019

11 ފެބުރުވަރީ 2019