ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)298/298/2019/12
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 18 ފެބުރުވަރީ 2019 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކަށް ބޭނުންވާ ތަކެތިހޯދުން

މިއިދާރާގެ އިއުލާން ނަންބަރު  (IUL)298/298/2019/4ގެ އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑު ކަމުން ، މަތީގައި ދަންނަވާފައިވާ އިއުލާން ބާތިލް ކޮށް އަލުން މިއިއުލާން ކުރަމެވެ.

 

                              އިޢުލާން

މިސްކިތްތަކަށް ބޭނުންވާ ތަކެތިހޯދުން

 

މިރަށުގައިހުރި 6 މިސްކިތަށް ފޮޅާސާފްކުރުމަށް 01 އަހަރު ދުވަހަށް  ބޭނުންވާ ތަކެތި  އަހަރު ދުވަހުގެތެރޭގައި 04 ފަހަރުގެ މަތީން ( ކޮންމެ 3 މަހަކުން ) މިއިދާރާއިން ހަމަޖައްސާ އުސޫލަކުން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވުމާއިއެކު  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކަމާއިގުޅޭގޮތުން މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލުވުން (ފްރީބިޑްމީޓިންގ) 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި އަލިފުށި ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި މި މައުލޫމާތު އާއި ގުޅިގެން ހުށައަޅަންޖެހޭ އަންދާސީ ހިސާބު ހުށައެޅުންއޮންނާނީ 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގައެވެ.

 

 މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ.

                  ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                  10 ފެބްރުއަރީ  2018

 

10 ފެބުރުވަރީ 2019