ވަޒީފާގެ ފުރުޞަތު
ނަންބަރު: MGPL-HR/AD/2019-07
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 13 ފެބުރުވަރީ 2019 12:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ގރ-01

މަޤާމް: މެނޭޖަރ ގރ-01

 ބޭނުންވާ އަދަދު:  

 01

 މަސައްކަތް ކުރަންޖެހޭތަން:

 ސޭލްސް / ކ. މާލެ

 އަސާސީ މުސާރަ:

 11500.00ރ

 އެހެނިހެން އިނާޔަތްތައް:

 2000.00ރ – އެޓެންޑެންސް އެލަވަންސް

 1800.00ރ – ފުޑް އެލަވަންސް

 650.00ރ – ފޯން އެލަވަންސް

 އަސާސީ މުސާރައިގެ %40   - ޕްރޮފެޝަނަލް އެލަވަންސް  

 އަސާސީ މުސާރައިގެ  %50 - މެނޭޖްމަންޓް އެލަވަންސް

 ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ   އުނިކުރެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

 

ކުންފުނީގެ އަމާޒަށް ވާސިލްވުމަށްޓަކައި ހާސިލްކުރަންޖެހޭ ސޭލްސް ލަނޑުދަނޑިތައް އެކުލާވާލާ، ޤާއިމްކޮށް، ޤަވައިދުން ރިވިއުކުރުން.

 މާލެ، ވިލިމާލެ ، ހުޅުމާލެ އަދި ތިލަފުށީގެ ސޭލްސް އާއި ޑިސްޓްރިބިއުޝަން އޮޕަރޭޝަން ބެލެހެއްޓުން.

 ކުންފުނީގެ ޕްރޮޑަކްޓްތަކާއި ޚިދްމަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޕްލޭންތައް އެކުލަވާލުން އަދި ތަންފީޒްކުރުން.

 ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ގުޅުން ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ކައިރި ގުޅުމެއް ބަދަހިކޮށް، ދެމެހެއްޓުން.

 ސޭލްސް ޑިޕާޓްމަންޓުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުން ޒިންމާދާރުކުރުވާ، ނަތީޖާ ނެރެވޭފަދަ ސޭލްސް ޓީމްއެއް ބިނާކުރުން 

 ފެންވަރު ނުވަތަ ޝަރުތު: 

 

 ގުޅޭ ދާއިރާއަކުން ޑިގްރީ އަދި މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ކުންފުންޏެއްގެ އިސްމަގާމެއްގައި 1 އަހަރު ދުވަހުގެ ތަޖްރިބާލިބިފައިވުން.

ނުވަތަ

 ސޭލްސް އެސިސްޓެންޓް މެނޭޖަރ ގެ މާގާމުގައި 03 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން

 ހުނަރުވެރިކަން

 - ހުނަރުވެރި އަދި ބިނާކުރުވަނިވި ދުރުވިސްނާ މީހެއްކަމުގައިވުން.

 - އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާ ފުރިހަމަކަމާއެކު ޢިބާރާތްކޮށް މުޢާމަލާތްކުރަން އެނގުން.

 - މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާއި ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގުން.

 - މުޢާމަލާތްކުރުމުގެ ހުނަރާއި، ލީޑަރޝިޕް ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާމީހެއްކަމުގައިވުން އަދިި މަސައްކަތްތައް ރާވައިގެން ހިންގޭފަދަ ޤާބިލިއްޔަތުކަން ހުރުން.

 - ގޮންޖެހުންތަކަށް ކުރިމަތިލުމާއި، ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރެވުމުގެ ޤާބިލްކަންހުރުން.

 ހުށަހަޅަންޖެހޭ   ތަކެތި:

 ޖޮބް އެޕްލިކޭޝަން ފޯމް ( މޯލްޑިވްގޭސް ވެބްސައިޓުންނާއި ހެޑް އޮފީސް ކައުންޓަރ އިން ލިބިވަޑައިގަންނަވާނެ : www.maldivegas.com  )

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 ލިބިފައިވާ ތަޢްލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ

 ޕޮލިސް ރިޕޯރޓް ( ހަމައެކަނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން )

 ކުރިން ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިކަމުގެ ލިޔުން

 ސުންގަޑި:

 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން

 އިތުރު   މައުލޫމާތު:

 މަޤާމަށް އެދި ހުށަހުޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭފަރާތްތަކަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކާއި ސައްހަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

 އެޕްލިކޭޝަން   ފޮނުއްވާނީ:

                                     ހިއުމަން ރިސޯސް ޑިޕާޓްމަންޓް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

 2 ވަނަަ ފަންގިފިލާ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،  21- 02#

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

career@maldivegas.com އީމެއިލް:

www.maldivegas.comވެބްސައިޓް: 

06 ފެބުރުވަރީ 2019