މަސައްކަތް
ނަންބަރު: 198-F/2019/15
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 10 ފެބުރުވަރީ 2019 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މުގުރާއި މެޑެލި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

މުގުރާއި މެޑެލި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ޤަޟާއީ އަހަރު 2019 އިފްތިތާޙް ކުރުމަށްޓަކައި 2019 ފެބްރުވަރީ 18 ވާ ހޯމަދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ތަކްރީމް ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ޝަރަފުގެ މުގުރާއި މެޑެލި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 07 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 10 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30  ޖުމާދަލްއޫލާ  1440

05 ފެބުރުވަރީ 2019