މަސައްކަތް
ނަންބަރު: 198-F/2019/13
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 17:30
ސުންގަޑި: 10 ފެބުރުވަރީ 2019 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤަޟާއީ އަހަރު 2019 ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ޤަޟާއީ އަހަރު 2019 ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ޤަޟާއީ އަހަރު 2019 އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ ރަސްމިއްޔާތު 2019 ފެބްރުއަރީ 18 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 06 ވާ ބުދަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29  ޖުމާދަލްއޫލާ  1440

04 ފެބުރުވަރީ 2019