މަސައްކަތް
ނަންބަރު: AS-B/IU/2019/13
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 07 ފެބުރުވަރީ 2019 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑައިމަންޑް ޖުބުލީގެ ލޯގޯޖެހި ޓީޝާޓާއި މެޑަލް ތައްޔާރު ކުރުން

  1. މި ސްކޫލްގެ ޑައިމަންޑް ޖުބުލީގެ ލޯގޯޖެހި ޓީޝާޓާއި މެޑަލް ތައްޔާރު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ފެބުރުއަރީ  3 އިން 2019  ފެބުރުއަރީ  7 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ފެބުރުއަރީ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4 ޕްރީބިޑް މީޓިންގ އޮންނާނީ 2019 ފެބުރުއަރީ 10 އާދީއްތަ ދުބަހުގެ 11.00 ގައި މި ސްކޫލުގެ ޖަލްސާކުރާ މާލަމުގައެވެ.

 

5. ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުއަރީ 13 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

8. ނަންނޯޓު ނުކުރާ ފަރާތެއްގެ ބިޑް ބަލަގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

25 ޖުމާދިލްއޫލާ 1440

31 ޖަނަވަރީ 2019